މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

އެއާޕޯޓްތަކަށް ފައިސާ ހޯދުމަށް މުނި އެންޓަންޕްރައިސްއާ ހަވާލުކޮށް

ރާއްޖޭގެ އެކި ސަރަހައްދެއްގައި އަޅަން ނިންމާފައިވާ ހަ ރީޖަނަލް އެއާޕޯޓަކަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މުނި އެންޓަޕްރައިސަސް އާއި ހަވާލުކޮށްފި އެވެ.

އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރީޖަނަލް އެއާޕޯޓުތައް ތަރައްގީ ކުރުމަށް ނުވަތަ އެއާޕޯޓުތަކަށް ބޭނުންވާ ފައިނޭންސް ކުރުމަށް ބަޔަކު ހޯދަން ކުރި އިއުލާނަށްފަހު ކަމަށް ޕްލޭނިން މިނިސްޓްރީ ވަނީ ބުނެފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ އަލަށް ތަރައްގީކުރާ އެއާޕޯޓްތަކާ ގުޅިގެން ތިން ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކުރުމާ ހިސާބަށް މަސައްކަތް ގޮސްފައިވާ ކަމަށެވެ. އަދި އެއާޕޯޓްތައް ތަރައްގީކުރުމުގެ މަޝްރޫއު އޮތް ގޮތުން މަދުވެގެން ތިން މިލިއަން ޑޮލަރު ޕްރޮޕޯޒް ކުރަންޖެހޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ވަނީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި އަދި ފ. މަގޫދޫގައި އެއާޕޯޓް އަޅަން އިއުލާނުކޮށްފަ އެވެ.

ޝައުގުވެރިކަން ފާޅުކުރުމުގައި ފައިނޭންސް ކުރުމަށް އެންމެ ދަށްވެގެން ހުށަހެޅޭނެ އަގަކީ ތިން މިލިއަން ޑޮލަރު ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ.

އެއާޕޯޓުތައް ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޕްލޭނިން މިނިސްޓްރީން ހަވާލުކުރި މުނި އެންޓަޕްރައިސަސްއަކީ 1983 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.

މުނި އެންޓަޕްރައިސަސް އިން ވަނީ 2017 ވަނަ އަހަރު ފުށިފަރު ރިޒޯޓު ހުޅުވާ ފަތުރުވެރިކަމުގެ ދާއިރާއަށް ވިޔަފާރި ފުޅާކޮށްފަ އެވެ.

ސަރުކާރުން މީގެކުރިން ވަނީ އެއާޕޯޓްތަކަށް ފައިސާ ހޯދުމަށް ދެކުނު ދުނި އިންވެސްޓްމަންޓާ ވެސް ހަވާލުކޮށްފަ އެވެ.