ފިނިޕޭޖް

މާވެލްގެ "އެކޯ"ގައި ބީރު އަދި ނޭޓިވް އެމެރިކަން ތަރިއެއް

މާވެލް ސިނަމެޓިކް ޔުނިވާސް (އެމްސީޔޫ)ގެ "ހޯކްއައި" ސީރީޒްއިން ފެނުނު ކެރެކްޓާ މާޔާ ލޮޕެޒްއަށް "އެކޯ"ގެ ނަމުގައި ސްޕިން-އޮފް ސީރީޒެއް ހަދަނީ އެވެ.

މާޔާގެ ކެރެކްޓާއަކީ އިންދިޖީނަސް އަދި ބީރު ކެރެކްޓާ އެކެވެ. މިއީ މާވެލްއިން މިފަދަ ކެރެކްޓާއެއް ތައާރަފްކުރާ ފުރަތަމަ ފަހަރެވެ.

"އެކޯ" އަކީ އެމްސީޔޫގެ 10 ވަނަ ޓީވީ ސީރީޒެވެ. މި ސީރީޒް އުފައްދާފައިވަނީ މާރިއޮން ޑައާ އެވެ. އަދި މި ސީރީޒް ޑައިރެކްޓްކުރާނީ ސިޑްނީ ފްރީލޭންޑް އާއި ކެޓްރިއޯނާ މެކެންޒީ އެވެ.

މި ސީރީޒްގައި މާޔާ ފުރަތަމަ ފެންނަނީ ކްރިމިނަލް އޯގަނައިޒޭޝަނެއްގެ ލީޑަރުގެ ގޮތުގަ އެވެ. މާޔާގެ ބައްޕަގެ މަރުގެ ފަހަތުގައި ވަނީ "ހޯކްއައި" ކްލިންޓް ބާޓަން (ޖެރެމީ ރެނާ) އެއް ނޫންކަން އެނގުމުން، އޭނާ ޓްރެކްސޫޓް މާފިއާ ދޫކޮށް ކިންގޕިން ވިލްސަން ފިސްކް (ވިންސަންޓް ޑިނޯފްރިއޯ)ގެ ކިބައިން ބަދަލު ހިފުމަށް ދެއެވެ،

މާޔާ ލޮޕޭޒް އޭނާގެ ރަށަށް އަނބުރާ އައިސް، މާޒީގައި ހިނގި ކަންތައްތައް ގަބޫލުކޮށް، އޭނާގެ ނޭޓިވް އެމެރިކަން އާއިލާ އާއި މުޖުތަމައުއާ ގުޅޭތަންވެސް މި ސީރީޒްގައި ފެންނާނެ އެވެ.

"އެކޯ"ގައި މާޔާގެ ރޯލް އަދާކުރަނީ ހަގީގަތުގައިވެސް ބީރު އެކްޓްރެސްއެއް ކަމުގައިވާ އަލަކުއާ ކޮކްސްއެވެ.

މީގެ އިތުރުން ޗަސްކޭ ސްޕެންސާ އާއި ޓާންޓޫ ކާޑިނަލް، ޑެވެރީ ޖޭކަބްސް، ކޯޑީ ލައިޓްނިން، ގްރޭމް ގްރީން، ޒާން މެކްލާނޮން އަދި ޗާލީ ކޮކްސް ފަދަ ތަރިން މި ސީރީޒްގައި ހިމެނެ އެވެ.

"އެކޯ" ދައްކަން ފަށާނީ 2023ގެ މެދުތެރޭގަ އެވެ. މިއީ އެމްސީޔޫގެ ފޭސް ފަހެއްގައި ރިލީޒްކުރާ ސީރީޒެކެވެ.