ފިނިޕޭޖް

"އެސްކޭޕް ފްރޮމް ނިއު ޔޯކް"ގެ ރީމޭކެއް ހަދަނީ

ރޭޑިއޯ ސައިލަންސްއިން 20ތު ސެންޗުރީ ސްޓޫޑިއޯޒް އިން "އެސްކޭޕް ފްރޮމް ނިއު ޔޯކް" ގެ ރީމޭކެއް ހަދަނީ އެވެ.

"އެސްކޭޕް ފްރޮމް ނިއު ޔޯކް" ނެރެފައިވަނީ 1981 ގައެވެ. އަދި މީގެ ސިކުއެލް "އެސްކޭޕް ފްރޮމް އެލްއޭ" ނެރެފައިވަނީ 1996 ގައެވެ.

މި ދެ ފިލްމުގައި ލީޑް ރޯލް، ސްނޭކް ޕްލިސްކެންގެ ރޯލް އަދާކޮށްފައިވަނީ ކާޓް ރަސަލް އެވެ. ކާޓް ރަސަލްގެ އިތުރުން މި ފިލްމްގައި ޑޮނަލްޑް ޕްލިސަންސް، ލީ ވެން ކްލީފް އަދ އައިސާކް ހޭޒް ހިމެނުނެވެ.

މި ފިލްމަކީ ބޮކްސް އޮފީހުގައި ރަނގަޅަށް ހިނގާފައިވާ ފިލްމެކެވެ. އަދި ކަލްޓް ކްލެސިކްއެއްގެ ގޮތުގައި މަޝްހޫރުވީ ފިލްމެކެވެ.

"އެސްކޭޕް ފްރޮމް ނިއު ޔޯކް"ގައި ސްނޭކްއަކީ ވަރަށް ޓަފް ސްޕެޝަލް ފޯސަސްގެ ލެފްޓިނަންޓް އެކެވެ. 1997 ވަނަ އަހަރުގައި އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭންހެޓަން އަކީ މެކްސިމަމް ސެކިއުރިޓީ ޕްރިޒަން އެކެވެ.

ސްނޭކަށް ޖެހެނީ ކްރައިމް ގިނަ މޭންހެޓަން އިން އެމެރިކާގެ ރައީސް ސަލާމަތްކުރާށެވެ.

"އެސްކޭޕް ފްރޮމް ނިއު ޔޯކް"ގެ އޮރިޖިނަލް ޑައިރެކްޓަރު ޖޯން ކާޕެންޓާ ރީބޫޓްގެ އެގްޒަކަޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކުރާނެ އެވެ.

ރީމޭކްގައި އެކްޓް ކުރާނީ އަދި ކޮންތަރިންތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ޖޯން ކާޕެންޓާ ވަނީ އުމުރުން 71 އަހަރުގެ ކާޓް ރަސަލްގެ ދަރިފުޅު ވަޔަޓް ރަސަލް އޭނާގެ ބައްޕަ އަދާކުރި ރޯލް އަދާކުރާ ތަން ދެކޭ ހިތްވާކަން މީގެ ކުރިން ބުނެފަ އެވެ.