އެމްއެންޑީއެފް

އަލިފާނުން ރައްކާތެރިވާނެ ގޮތް ހިރިޔާ ސްކޫލުގެ މުވައްޒަފުންނަށް ކިޔައިދީފި

އެމްއެންޑީއެފް އިން ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް ބޭސިކް އަލިފާނުން ރައްކާތެރިވާނެ ގޮތުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި އެވެ.

ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލްގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ބޭއްވި މި ސެޝަންގައި އެ ސްކޫލްގެ 88 އަށް މުވައްޒަފަކު ބައިވެރިވެފައިވެ އެވެ.

މި ސެޝަނުގައި އެމްއެންޑީއެފްގެ ފަޔަމަނުން ވަނީ އަލިފާން ނިއްވާނެ ގޮތުގެ އަސާސީ މައުލޫމާތު ބައިވެރިންނާ ހިއްސާކޮށްފަ އެވެ. މީގެ އިތުރުން ފަޔަ އެކްސްޓިންގުއިޝާ އަދި ފަޔާ ބްލޭންކެޓް ބޭނުން ކުރާނެ ގޮތްތަކާއި ހާލަތްތައް ވެސް ވަނީ ކިޔައިދީފަ އެވެ.

ހުރަވީ ސުކޫލުގެ މުވައްޒަފުންނަށް އެމްއެންޑީއެފް އިން ވަނީ މިދިޔަ ހަފްތާ ތެރޭގައި ފަޔާ އެވެއާނަސް ތިއަރީ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

އަލިފާނުން ރައްކާތެރިވާނެ ގޮތުގެ ސެޝަނެއް ހުރަވީ ސްކޫލުގެ މުވައްޒަފުންނަށް ކުރިއަށް ގެންގޮސްފައި މިވަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި އަލިފާން ރޯވެ އެ ސްކޫލުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދަން ޖެހިފައި ވަނިކޮށެވެ.

އެމްއެންޑީއެފް އިން ގެންދަނީ އަލިފާނުން ރައްކާތެރިވާނެ ގޮތްތަކުގެ މައުލޫމާތު ދިނުމުގެ ސެޝަންތައް ކޮންމެ އަހަރަކުވެސް އެކި ސްކޫލުތަކުގައި ބާއްވަމުންނެވެ. އެގޮތުން މިމަހުގެ ތެރޭގައި ޖަލާލުއްދީން ސްކޫލްގެ ދަރިވަރުންނަށް ވަނީ މިފަދަ ސެޝަނެއް ކުރިއަށް ގެންގޮސްފަ އެެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީއާއި އެމްއެންޑީއެފުން ގުޅިގެން މިހާރު ގެންދަނީ މާލެއާއި ހުޅުމާލޭގެ ސްކޫލުތަކުގައި އަލިފާން ނިއްވާ ނިޒާމުތައް ހުރީ ރަނގަޅަށްތޯ ބަލައި ޗެކްކުރަމުންނެވެ.