ފިނިޕޭޖް

ޗެނިން ޓޭޓަމް "ރެޑް ޝާޓް"ގައި

އެކްޝަން އަދި ރޮމޭންޓިކް ފިލްމްވެސް ކުޅޭ ޗެނިން ޓޭޓަމް އެކްޝަން ތްރިލާ "ރެޑް ޝާޓް" ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.

"ރެޑް ޝާޓް"ގެ ޕްލޮޓްގެ ތަފްސީލް އަދި ހާމަކޮށްފައި ނުވިނަމަވެސް ޑެޑްލައިން އިން ރިޕޯޓް ކުރާ ގޮތުގައި މި ފިލްމަކީ ޖޭމްސް ބޮންޑް ފާޑުގެ ސްޕައި ތްރިލާ ފިލްމެއް އާގޮތަކަށް ގެނެސްދޭ ފިލްމެއް ކަމަށާއި މި ފިލްމް ފްރެންޗައިޒްއަކަށް ހެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މި ފިލްމަކީ "އެކްސް މެން: ދަ ލާސްޓް ސްޓޭންޑް"ގެ ލިޔުންތެރިޔާ ސައިމަން ކިންބާގްގެ އޮރިޖިނަލް ސްޓޯރީ ޕިޗެކެވެ.

މި ފިލްމް ޑައިރެކްޓް ކުރާނީ "ބުލެޓް ޓްރެއިން" އަދި "ޑެޑްޕޫލް 2"ގެ ޑައިރެކްޓާ ޑޭވިޑް ލީޗް އެވެ. ޗެނިން ވަނީ "ބުލެޓް ޓްރޭން"ގައި ކެމިއޯ އަކުން ފެނިފަ އެވެ.

"ސްޓެޕް އަޕް" އިން މަޝްހޫރުވި ޗެނިން ޓޭޓަމްގެ މިއަހަރު ރިލީޒްކުރި "ޑޯގް" އާއި "ދަ ލޮސްޓް ސިޓީ" ވަނީ ބޮކްސް އޮފީހުގައި ވަރަށް ހިނގާފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ "ޖީއައި ޖޯ"ގެ ދެ ފިލްމް، "ވައިޓް ހައުސް ޑައުން"، "ޖަމްޕް ސްޓްރީޓް" ފަދަ ފިލްމުތައް ވެސް ކުޅެފަ އެވެ.

ޑޭވިޑް ލީޗް ދަނީ ރަޔާން ގޮސްލިން އާއެކު "ދަ ފޯލް ގާއި" ވެސް ހަދަމުންނެވެ.