ފިނިޕޭޖް

"ބާބީ"ގެ ލައިވް އެކްޝަން ފިލްމް ހަދަނީ

ވޯނާ ބްރަދާސް އިން "ބާބީ"ގެ ލައިވް އެކްޝަން ފިލްމެއް ހަދަނީ އެވެ.

ބާބީ އަކީ މެޓެލް އިންކް އިން މާޗް 9، 1959 ގައި ނެރުނު ބުދުތަކެކެވެ.

މި ބުދުގެ މަގުބޫލުކަން ބޮޑުކަމުން، އެކި މާޗަންޑައިޒް ނެރުމުގެ އިތުރުން ވާހަކައާއި އެނިމޭޓަޑް ކާޓޫން ފިލްމް ސީރީޒްވެސް ވަނީ ނެރެފަ އެވެ.

މި ފިލްމުގައި ބާބީގެ ރޯލް "ސުއިސައިޑް ސްކޮޑް"ގެ މާގޯ ރޮބީ އަދާކުރާއިރު، ކެންގެ ރޯލް އަދާކުރާނީ "ލާ ލާ ލޭންޑް"ގެ ރަޔާން ގޮސްލިން އެވެ.

މި ދެ ތަރިންގެ އިތުރުން އެމެރިކާ ފެރޭރާ، ކޭޓް މެކްކިނަން، ވިލް ފެރަލް، ސިމޫ ލިއު އާއި ގިނަ ތަރިން މި ފިލްމުން ފެނިގެންދާނެ އެވެ.

އެކްޓްރެސް، ރައިޓާ އަދި ޑައިރެކްޓާ ގްރޭޓާ ގާވިގް ޑައިރެކްޓްކުރާ މި ފިލްމުގެ ޕްލޮޓްގެ ތަފްސީލް އަދި ހާމަކޮށްފައެއެ ނުވެ އެވެ.

ގްރޭޓާ މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ އޭނާގެ ފިރިމީހާ ނޮއާ ބޯމްބެކްއާ އެކުގަ އެވެ. އެހެންނަމަވެސް އައިއެމްޑީބީއިން ބުނާ ގޮތުގައި ބާބީލޭންޑްގައި އުޅޭ ބުދެއް "ޕާފެކްޓް" ނުވުމުން އެ ރަށުން ބޭރުކޮށްލަ އެވެ.

މި ފިލްމުގެ ޕްލޮޓްގައި ޓްވިސްޓް އެކުލެވިގެންވާ ކަމަށްވެސް އައިއެމްޑީބީން ބުނެފައިވެ އެވެ.

ރަޔާން ގޮސްލިން ބުނީ މި ފިލްމްގެ ސްކްރިޕްޓަކީ އޭނާ ކީ އެންމެ މޮޅު އެއް ސްކްރިޕްޓް ކަމުގަ އެވެ.

"ބާބީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 21، 2023 ގައެވެ.