ހެރިޓޭޖް މިނިސްޓްރީ

ދާރުލްއާސާރަށް މިއަދު 1000 މީހުން ޒިޔާރަތްކޮށްފި

Nov 26, 2022

ދާރުލްއާސާރަށް މިއަދު ހިލޭ ވަދެވޭނެ ގޮތް ހަމަޖައްސައިދިން ވަގުތުކޮޅުގެ ތެރޭގައި 1،000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި އެވެ.

ދާރުލްއާސާރަށް ހިލޭ ވަދެވޭ ގޮތް މިއަދު ހަމަޖެއްސީ އެތަނަށް 70 އަހަރު ފުރުމާ ގުޅިގެންނެވެ.

ހިލޭ ވަދެވޭ ގޮތް ހަމަޖެއްސީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ދާރުލްއާސާރަށް ވަދެވެނީ ބޮޑު މީހެއް ނަމަ 25 ރުފިޔާ އަދި ކުޑަ ކުއްޖެއް ނަމަ 20 ރުފިޔާއަށް ޓިކެޓް ގަނެގެންނެވެ.

ހަފްތާގެ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަހަކުވެސް ދާރުލްއާސާރަށް ވަދެވޭނެ އިންތިޒާމު އޮންނަނީ ހަމަޖެހިފަ އެވެ.