ޖޭއެސްސީ

ނޮޅިވަރަންފަރު އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ބަލަނީ

ހދ. ނޮޅިވަރަންފަރު މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މެޖިސްޓްރޭޓް އަހުމަދު ހަސަން މަނިކުގެ މައްސަލަ ތަހުގީގު ކުރަނީ ފަނޑިޔާރެއްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބެލެވޭ ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައިވާތީ އެވެ.

ގާޒީންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީން ވަނީ މީގެ ކުރިންވެސް ފިޔަވަޅު އަޅާފަ އެވެ.

ބައެއް ފަނޑިޔާރުން ދަނީ ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވަމުން ނެވެ.