ދިވެހިރާއްޖެ އިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މއ. މަނާގެ، އަލީ ފާއިޒު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަލީ ފާއިޒުއަށް ރުހުންދޭން ފެންނަ ކަމަށް .62 މެންބަރުން ވޯޓު ދެއްވި އެވެ. ރުހުން ދޭން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ.
ލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރު ކަމަށް އަލީ ފާއިޒު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ ނޮވެމްބަރު 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 40 ވަނަ ޖަލްސާގަ އެވެ.
އަލީ ފާއިޒު މިވަގުތު ހުންނެވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުގެ ރައީސް ކަމުގަ އެވެ. އޭނާ މިމަގާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
އަލީ ފާއިޒު ވަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާއި ބައެއް ކުންފުނިތަކުގައި އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
މީގެއިތުރުން އަލީ ފާއިޒު ވަނީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ އެކުވަލާލި ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެންބަރު ކަންވެސް ކުރައްވާފަ އެވެ.