ފިނިޕޭޖް

ސައިމަން މޭޔޯގެ ވާހަކައަށް ޓީވީ ސީރީޒެއް ހަދަނީ

ސައިމަން މޭޔޯ 2020 ގައި ލިޔުނު ބެސްޓް-ސެލާ ސަސްޕެންސް ތްރިލާ ވާހަކަ "ނައިފް އެޖް" އަށް ޓީވީ ސީރީޒެއް ހަދަނީ އެވެ.

މިއީ އިނގިރޭސި ވިލާތުގެ ތަޖުރިބާކާރު ބްރޯޑްކާސްޓަރު އަދި ބީބީސީ ރޭޑިއޯގެ ކުރީގެ ހޯސްޓް ސައިމަން ލިޔުނު ހަތަރުވަނަ ވާހަކަ އެވެ.

މި ވާހަކަ ޓީވީ ސީރީޒަށް ހަދާނީ ޕްރޮޑަކްޝަން ކުންފުނި އައިޖަނަރޭޝަން ސްޓޫޑިއޯސްއިންނެވެ.

މި ސީރީޒް ޑައިރެކްޓްކޮށް ލީޑް ރައިޓަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ޝިފްރާ ކެމްބެލް އެވެ.

އައިޖެނެރޭޝަން ސްޓޫޑިއޯ އިން ބުނީ ނައިފް އެޖް އަކީ ފިލްމު ސީރީޒް ބެލުމުގައި ކުރިއަށްދާ ވަރަކަށް ކަންތައްތައް ބޮޑުވަމުންދާ އަދި ވަރަށް ރީތިކޮށް ސަސްޕެންސް ހިފަހައްޓާނެ ސީރީޒް އެއް ކަމަށެވެ.

"ސައިމަން ވަނީ ވަރަށް މައްސަލަ ހުންނަ، ވަރުގަދަ މައި ކެރެކްޓާތަކެއް އުފައްދާފައި، އަދި ފޮރުވިފައިވާ މިޒަމާނުގެ އެކި ލޭޔާ ހުންނަ ޕްލޮޓެއް ލިޔެފައި. ޝިފްރާގެ ޓީވީ އެޑެޕްޓޭޝަނުން ކަށަވަރުކޮށްދޭނެ މިއީ ވަރަށް އާޝޯހުވާ ފަދަ ސީރީޒެއްކަން،" އައިޖެނެރޭޝަންގެ ބަޔާނުގައިވެ އެެވެ.

މި ސީރީޒްގެ ތަރިންނާއި އިތުރު ތަފްސީލް އަދި އައިޖަނަރޭޝަން ސްޓޫޑިއޯއިން އަދި ހާމަކޮށްފައެއް ނުވެ އެވެ.