ލައިފްސްޓައިލް

\

ބަހްރޭނުން ޕެރިސް އަށް ދަތުރުކުރި ގަލްފް އެއާގެ މަތިންދާބޯޓެއްގައި މަސައްކަތް ކުރަން ހުރި ފްލައިޓް އެޓެންޑެންޓް ޔާސިރް ސާލިހު ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި މަރުވެއްޖެ އެވެ.

ޔާސިރު އަށް ވަރަށް ވަރުގަދަ ހާޓް އެޓޭކެއް ޖެހުނުއިރު ބޯޓު ދަތުރުކުރަމުން ދިޔައީ އިރާގު މަތިންނެވެ.

ހާޓް އެޓޭކް ޖެހުމުން ބޯޓު ވަނީ އިމަޖެންސީގައި އިރާނުގެ އިރްބިލް އަށް ޖައްސާފަ އެވެ. ނަމަވެސް ބޯޓު ޖެއްސިއިރުވެސް ޔާސިރުގެ ފުރާނަ ހިނގައްޖެ އެވެ.

ބޯޓު ދިން ގަޑިއެއްހާއިރު އިރާގުގައި އޮތުމަށްފަހު އަނެއްކާވެސް ޕެރިހަށް ދާން ދަތުރުފެށީ އެވެ. ކުރިން ވެސް ތިބި ކުރޫ މެމްބަރުންނާ އެކުގަ އެވެ.
އުދުހެމުންދާ މަތިންދާބޯޓެއް ތެރޭގައި މިފަދަ ކުއްލި ސިއްހީ މައްސަލައެއް މީހަކަށް ދިމާވެއްޖެނަމަ އެންމެ ކައިރީގައި އޮންނަ މިފަދަ ކަމަކަށް އެކަށީގެންވާ ރަނގަޅު ފަރުވާއެއް ދެވޭ ވަރުގެ އެއާޕޯޓަކަށް އިމަޖެންސީ ލޭންޑިން ހަދަ އެވެ. އަދި މިގޮތަށް ދިމާވީ ސިއްހީ ކުއްލި މައްސަލަތަކަށް ފަރުވާ ދެވޭ ވަރަށް ފްލައިޓް އެޓެންޑެންޓުންނަށް ވެސް ތަމްރީނުތައް ދީފައި ހުރެ އެވެ. އަދި ވަރަށް ގިނަ އެއާލައިންތަކުގައި މިހާރު މިފަދަ ކަންކަން ދިމާވުމުން ސެޓެލައިޓް ފޯނުން މެޑިކަލް ޕްރޮފެޝަނަލުންނާ ގުޅައިގެން އެމީހުންގެ އިރުޝާދު ހޯދޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުރެ އެވެ.

ނަމަވެސް ފްލައިޓް އެޓެންޑެންޓުން ޔާސިރުގެ ފުރާނަ ސަލާމަތް ކުރަން ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެ ބޯޓު އިރާގުގައި ލޭންޑްކުރުމުގެ ކުރިން ޔާސިރުގެ ފުރާނަ ދިޔައީ އެވެ.