ރައީސް އޮފީސް

ސެޓްލްމަންޓް ކޮމިޓީއަށް މައްސަލަ ހުށަހަޅަން ހުޅުވާލައިފި

ރައީސް އޮފީސް. ސެޓްލްމަންޓް ކޮމިޓީއަށް މައްސަލަ ހުށަހަޅަން ވަނީ ހުޅުވާލާފަ---ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދުވެފައިވާ އެއްބަސްވުންތަކާއި ގުޅިގެން އުފެދިފައިވާ މައްސަލަތައް ސެޓްލްމަންޓް ކޮމިޓީއަށް ހުށަހަޅަން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން އިއްޔެ އާންމުކުރި އުސޫލުގެ ދަށުން ހައްލުކުރާނީ ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދުކޮށްފައިވާ ވިޔަފާރި މުއާމަލާތްތަކަށް ހަދައިފައިވާ އެއްބަސްވުންތަކުގެ ތެރެއިން އޮގަސްޓް ހަތެއް، 2008 އިން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާ ތާރީހާ ދެމެދު އެ އެއްބަސްވުމަކާމެދު ސަރުކާރުން އަމަލުކުރި ގޮތަކުން އުފެދިފައިވާ މައްސަލަތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ އެއްބަސްވުން ބާތިލުކުރުމާއި އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރުމާއި އެއްބަސްވުމާއި ހިލާފުވުން އަދި ރަސްމީ ހުއްދައެއް ދޫނުކުރުން ނުވަތަ ހުއްދައެއް ބާތިލުކުރުމުގެ މައްސަލަތަކެވެ.

ސެޓްލްމަންޓް ކޮމިޓީން ހައްލުކުރާނީ އެފަދަ މައްސަލަތަކުގެ ތެރެއިން ކޯޓަކަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށް ނުވަތަ މައްސަލަ ހައްލުކުރުމަށް ކަނޑައަޅައިފައިވާ ރަސްމީ އިދާރާއަކަށް ހުށަހަޅައިގެން ހައްލެއް ނުލިބި ތިން އަހަރުވެފައިވާ މައްސަލަތަކެވެ.

އުސޫލަށް އަމަލުކުރަން ފަށާއިރު އެއްބަސްވުން ބާތިލުކޮށްފައިވާ މައްސަލައެއް ނުވަތަ ވިޔަފާރިއާ ގުޅޭ މައްސަލައެއް ކަމާ ބެހޭ އިދާރާއަށް ހުށަހަޅައިފައި ނުވާ ފަރާތްތަކުން އުސޫލަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މައްސަލަ ހުށަހަޅަން ޖެހެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ސސ

ކޮންމެސް ބަޔަކަށް އިންތިހާބުގެ ކުރިން ފައިސާތަކެއް ދައުލަތުން ބަހާލަންތޯ ؟

February
SunMonTueWedThuFriSat
2627282930311234567891011121314151617181920212223242526272812345678