ފިނިޕޭޖް

"ދެޓް 90ޒް ޝޯ" ހަދަނީ

"ދެޓް 70ޒް ޝޯ" އަކީ ވަރަށް ކާމިޔާބު ލިބުނު ޝޯ އެކެވެ. މި ޝޯގެ ސްޕިން-އޮފް "ދެޓް 90ޒް ޝޯ"ގެ ޓީޒާ ނެޓްފްލިކްސް އިން މިހާރު ވަނީ ދައްކާލާފަ އެވެ.

"ދެޓް 90ޒް ޝޯ" ގައި ފެނިގެންދާނީ 1995 ގައި ނެރުނު "ދެޓް 70ޒް ޝޯ"ގެ އޭރިކް ފޯމަން (ޓޮފާ ގްރޭސް) އާއި، ޑޮނާ ޕިންކިއޯޓީ (ލޯރެން ޕްރެޕޮން)ގެ ދަރިފުޅު ލިއާ ފޯމަން (ކެލީ ހެވާޑް)އާއި، އޭނާގެ ކާފަ -- ރެޑް ފޯމަން (ކާޓްވުޑް ސްމިތް) އާއި، މާމަ -- ކިޓީ (ޑެބްރާ ޖޯ ރަޕް)ގެ ކައިރިއަށް ޗުއްޓީ ހޭދަކުރަން އަންނަ ތަނެވެ.

ޖެހިގެން ހުރި ގޭގައި އުޅޭ ގްވެން އާއި ނޭޓް އަދި އެ ދެބެންގެ ރައްޓެހިންނާއެކު، ލިއާގެ މަންމަ އާއި ބައްޕަމެން މަޖާ އަދި އެޑްވެންޗަރަސް ދުވަސްތަކެއް ހޭދަކުރިހެން ލިއާއަށްވެސް އެފަދަ ދުވަސްތަކެއް ހޭދަކުރެވިދާނެކަން ދޭހަވެ އެވެ. ކިޓީގެ ގޭގެ ބޭސްމަންޓް އަނެއްކާވެސް ޓީނޭޖަރުން ފުރުމުން ކިޓީ އުފާފާޅުކުރެ އެވެ. އަދި ރެޑް...އެއީ ހަމަ ކުރީގެވެސް ރެޑް އެވެ.

މި ސީރީޒްގައި "ދެޓް 70ޒް ޝޯ"ގެ ފޯމަން އާއިލާގެ ކެރެކްޓާތައް ކުޅުނު ތަރިންގެ އިތުރުން އެ ޝޯގެ އެހެން ތަރިން ކަމުގައިވާ އެޝްޓަން ކުޗާ، މީލާ ކޫނިސް އަދި ވިލްމާ ވަލްޑެރާމާވެސް އެމީހުން ކުޅުނު ރޯލްގައި "ދެޓް 90ޒް ޝޯ" އިން ފެނިގެންދާނެ އެވެ.

ފޮކްސް އިން ހެދި "ދެޓް 70ޒް ޝޯ" ވަނީ ކާމިޔާބު އަށް ސީޒަނަށްފަހު 2006 ގައި ނިންމާލާފަ އެވެ. އޭގެ ފަހުން "ދެޓް 80ޒް ޝޯ"ގެ ނަމުގައި ކުޑަ ދުވަސް ކޮޅަކަށް ސްޕިން-އޮފް އެއް ހެދި އެވެ.

"ދެޓް 90ޒް ޝޯ" ނެޓްފްލިކްސް އިން ސްޓްރީމް ކުރަން ފަށާނީ އަންނަ މަހުގެ 19 ވަނަ ދުވަހު އެވެ.