މިފްކޯ

ދޮށީގެ މަސްވެރިކަމުގެ އާ ރެކޯޑު ބާޚިރާ ދޯންޏަށް

Dec 3, 2022

ގދ. ފަރެސްމާތޮޑާގެ "ބާޚިރާ" ދޯނިން އެއް ދުވަހެއްގައި އެންމެ ގިނަ މަސް ބާނައިގެން ރާއްޖޭގެ ތާރީހުގައި ރެކޯޑެއް ހަދައިފި އެވެ.

ރާއްޖޭގައި އެންމެ އާންމުކޮށް ކުރާ ދޮށީގެ މަސްވެރިކަމުގައި އެންމެ ގިނަ މަސް -- 58.6 ޓަނުގެ މަސް ބަޚާރީ ދޯންޏަށް ބާނާ އިއްޔެ ވަނީ މިފްކޯގެ ކޫއްޑޫ ބަނދަރަށް ކިރާފަ އެވެ.

ބަޚާރީ ދޯނިން ބޭނި ހުރިހާ މަހެއް ކިރާފައިވާއިރު އާމްދަނީގެ ގޮތުގައި 996,034 ރުފިޔާ ލިބިފައިވެ އެވެ.

އެއް ދުވަހެއްގައި އެންމެ ގިނަ މަސް ބާނައިގެން މީގެކުރިން ރެކޯޑް ހަދާފައިވަނީ ގދ. މަޑަވެލީގެ "ޓީއެސް ލައިން" ދޯންޏެވެ. އެ ދޯނިން މި ރިކޯޑް ހެދީ މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު އެވެ. އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މިދިޔަ އަހަރު ވެސް މަސް ކިރި ޓީއެސް ލައިން ދޯނިން މިދިޔަ ސެޕްޓެމްބަރު ކޫއްޑޫ ބަނދަރަށް ކިރާފައިވަނީ 57.1 ޓަނު މަހެވެ.

މަސް ފިނިކޮށް ބެހެއްޓުމަށް ބޭނުންކުރާ އާރްއެސްޑަބްލިއު ސިސްޓަމް ބަހައްޓާފައިވާ 117 ފޫޓުގެ ބާޚިރާ ދޯނީގައި 30 މީހަކު މަހަށް ދެއެވެ.