ވިޔަފާރި

ވިޔަފާރިއަށް ފަހި ހިދުމަތްތަކާއެކު އުރީދޫ ބިޒްނަސް ޕޯޓްފޯލިއޯ ތައާރަފުކޮށްފި

Jan 20, 2016
  • ވިޔަފާރިއަށް ހާއްސަ ހިދުމަތްތަކެއް ދޭނެ
  • އުރީދޫ ގްރޫޕަށް ރާއްޖެ ހާއްސަ
  • ޖެންގައި ފެށި ބައްދަލުވުމުގައި ގިނަ ވިޔަފާރިތައް ބައިވެރިވޭ

ވިޔަފާރިއަށް ފަހި ގިނަ ހިދުމަތްތަކާއެކު އުރީދޫ "ބިޒްނަސް ޕޯޓްފޯލިއޯ" މިއަދު ތައާރަފުކޮށްފި އެވެ.

"ހޮޓެލް ޖެންގައި" މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫ އާއި ހުވާއޭ ކުންފުނި ގުޅިގެން ތައާރަފުކުރި "ފޮލޯ ޔޯ ބިޒްނަސް އިންސްޓިންކްޓް" އާ ބެހޭ ގޮތުން އުރީދގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރީގެ ހިދުމަތް ދެމުން ގެންދާ ވިޔަފާރީގެ ޕާޓްނަރެއް ކަމަށެވެ. އަދި ރާއްޖެއަކީ އުރީދޫ ގްރޫޕުން ވަރަށް ބޮޑު އަހައްމިއްޔަތުކަން ދޭ ގައުމެއް ކަމަށެވެ.

"އުރީދޫ ގްރޫޕަށް ރާއްޖެ ވރަށް އްސަ. އަޅުގަނޑުމެންގެ މަސައްކަތް ކުރަމުން މިދަނީ ދިވެހި ވިޔަފާރިތަކަށް ހާއްސަ ހިދުމަތްތަކެއް ތައާރަފު ކުރުމަށް،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުންޏަށް ރާއްޖޭގައި ލޭންޑް ލައިން އިންޓަނެޓު ހިދުމަތް ދިނުމުގެ ހުއްދަ ލިބުމާ ގުޅިގެން ވިޔަފާރިތަކަށް ހާއްސަ ހިދުމަތްތަކެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

"މި ބައްދަލުވުން [މިއަދު ޓްރޭޑާސް ހޮޓެލްގައި ފެށި] ބައްދަލުވުމުގެ މަގުސަދަކީ މި ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ޕާޓްނަރުންގެ ހިޔާލު ހޯދުން،" ވިކްރަމް ވިދާޅުވި އެވެ.

ރާއްޖޭގެ ގިނަ ވިޔަފާރިތަކާއެކު އުރީދޫން އެއް ދުވަހަށް ކުރިއަށް ގެންދާ ވޯކްޝޮޕްގައި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ދާއިރާގައި ލިބެން ހުރި ގިނަ ސޮލިއުޝަންތަކުގެ މައުލޫމާތު ދޭނެ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ވިދާޅުވީ މަގުސަދަކީ އުރީދޫގެ ތަޖުރިބާ ބޭނުންކޮގެން ވިޔަފާރިތަކަށް އެންމެ ބޭނުންވާ ހައްލު ގެނެސް ދިނުން ކަމަށެވެ.

"ހަމަ އެކަނި ހިދުމަތް ދިނުމެއް ނޫން އަޅުގަނޑުމެންގެ އަމާޒަކީ. ރާއްޖޭގެ ރިސޯޓް މާކެޓަށް ބޭނުންވޭ ފެންވަރު ރަނގަޅު ހިދުމަތް. އެހެންވެ އެންމެ އެކަށީގެންވާ އަގެއްގައި ހިދުމަތް ދިނުމަށް ވެސް ބޭނުންވޭ."

އުރީދޫން ވިޔަފާރިއަށް ހާއްސަކޮށްގެން ފިކްސްޑް އިންޓަނެޓުގެ ހިދުމަތާއި ފިކްސްޑް ވޮއިސް އަދި ޖީޕީއެންގެ އިތުރުން ވައިފައި އާއި އައިޕީޓީވީގެ ހިދުމަތާއި ޕީބީއެކްސް އަދި ސީސީޓީވީ ފަދަ ފަހުގެ ހިދުމަތްތައް ދެމުން ގެންދެ އެވެ.