ފިނިޕޭޖް

"ޑޮޖްބޯލް"ގެ ސިކުއެލްއެއް ހަދަނީތަ؟

ސްޕޯޓްސް ކޮމެޑީ "ޑޮޖްބޯލް: އަ ޓްރޫ އަންޑަޑޯގް ސްޓޯރ" ގެ ސިކުއެލް ހެދުމުގެ ފުރުސަތު އެބައޮތް ކަމަށް ބެން ސްޓިލާ އާއި ވިންސް ވޯން ބުނެފި އެވެ.

ވިންސް ބުނި ގޮތުގައި ސިކުއެލް އެއް ހެދުމާބެހޭގޮތުން އަބަދުވެސް ވާހަކަ ދެކެވޭ ކަމަށާއި އޭނާއަށް ވިސްނުނު މަޖާކަމެއްގެ ވާހަކަ ދެއްކުމުން ސްޓޫޑިއޯއަށް ކަމުދިޔަ ކަމަށެވެ.

ބެން ސްޓިލާވެސް މަޖާ ޕްލޮޓެއް ކަމަށްވާނަމަ ސިކުއެލްއެއް ހެދުމަށް ތައްޔާރު ކަމަށްވެސް ވިންސް ބުންޏެވެ. އަދި އެކަން ކުރިއަށްދާ ގޮތް ބަލަމާތޯއޭ ވިންސް ބުނި ކަމަަށްވެ އެވެ.

ވިންސް މިހެން ބުނެފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ކްރިސްމަސް އެޓް ދަ ކޭމްބަލްސް"ގެ ޕްރީމިއާގަ އެވެ.

ސިކުއެލްގެ ވާހަކަ ދައްކަމުން ވިންސް ބުނީ ކާމިޔާބު ފިލްމެއްގެ ދެވަނަ ފިލްމް ހިނގާނީ ކުރީ ފިލްމްގެ ޖޯކުތަކާއި ޕްލޮޓް ތަކުރާރު ނުކޮށް، ކުރިއަށް ގެންދާ މަޖާ ޕްލޮޓަކަށް ވާނަމަ އެވެ. މި ފިލްމުގެ ސިކުއެލް ހެދުމަށް ޖަސްޓިން ލޯންގް ވެސް ތައްޔާރެވެ.

"ޑޮޖްބޯލް" އަކީ ފައިގައި ތަޅާ މުބާރާތެއް ދައްކުވައިދޭ ފިލްމެކެވެ. މި ފިލްމަކީ ދަށް ޓީމު މޮޅުވާ ފިލްމެކެވެ. 20 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދައި 2004 ވަނަ އަހަރު ޕްރިމިއާ ކުރި މި ފިލްމު ވަނީ ބޮކްސް އޮފީހުގައި 168.4 މިލިއަން ޑޮލަރު ހޯދާފަ އެވެ.