ޓެރަރިޒަމް

ޕާކިސްތާނުގެ ޔުނިވާސިޓީއަކަށް ހަމަލަދީ 20 މީހުން މަރާލައިފި

ޕާކިސްތާނުގެ ޗަރްސައްދާ ޓައުންގެ ބާޗާ ހާން ޔުނިވާސިޓީ އަށް ހަތިޔާރު އެޅި ބަޔަކު ވަދެ ހަމަލާތަކެއްދީ 20 މީހުން މަރާލައިފި އެވެ.

މިއަދު ހެނދުނު 9:30 ހާއިރު ޔުނިވާސިޓީއަށް ވަދެގަނެ އެމީހުން ދިން ހަމަލާތަކުގައި މިހާތަނަށް 50 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފަ އެވެ. މިހަމަލާތަކުގައި ހަތިޔާރު އެޅި ހަތަރު މީހުންވެސް މަރުވެފައިވާއިރު ހަމަލާއަކީ ތާލިބާނުން ދިން ހަމަލާތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ގާތްގަނޑަކަށް 3،000 އެއްހާ ދަރިވަރުން ކިޔަވާ މި ޔުނިވާސިޓީއަށް ހަމަލާދީފައިވަނީ އިތުރު 600 މީހުންނާއެކު ޅެމުގެ މުބާރާތެއް ކުރިއަށް ދިޔަ ދަނޑިވަޅެއްގަ އެވެ. މި ހަމަލާތަކުން 63 ކުދިންވަނީ ސަލާމަތްކޮށްފަ އެވެ.

މި ޔުނިވަސިޓީއަށް ވަން ހަތިޔާރު އެޅި މީހުންވަނީ ބަޑިން އަދި ގޮވާޒާތުގެ އެއްޗެހި ބޭނުންކޮށްގެން ހަމަލާދީފަ އެވެ.

ޕާކިސްތާނަށް ދިން މިހަމަލާއަކީ ޓެރަރިޒަމް ހަމަލާތައް އެގައުމަށް ގިނަ އަދަދަކަށް ދެމުންދިޔަ ދުވަސްވަރެއްގައި ދީފައިވާ ހަމަލާއެވެ.