ދުނިޔެ

އެމެރިކާ އާއި އިޒްރޭލުން އަޔަން ބީމް ލޭޒާ ޑިފެންސް ސިސްޓަމެއް އުފައްދަނީ

އެމެރިކާގެ ލޮކްހީޑް މާޓިން އާއި އިޒްރޭލުގެ ރަފައޭލް އެޑްވާންސްޑް ޑިފެންސް ސިސްޓަމްސް ގުޅިގެން އަޔަށް ބީމްގެ ނަމުގައި ލޭޒަ ޑިފެންސް ސިސްޓަމެއް އުފައްދަނީ އެވެ.

މި ކޮންޓްރެކްޓަށް ބޭނުންވާ އެއްބަސްވުންތަކުގައި ދެ ކުންފުނީގެ އޮފިޝަލުން ސޮއިކޮށްފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ޕްރޮޖެކްޓް އިއުލާންކުރުމުގެ އިތުރުން އެހެން ތަފުސީލެއް ނުދެ އެވެ. އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި އިޒްރޭލުން ބޭނުންކުރާ އަޔަށް ޑޯމްގެ ބަދަލުގައި އެމެރިކާ ބޭނުންކުރާނީ އަޔަން ބީމް އެވެ.

އަޔަން ބީމް ލޭޒާ ޑިފެންސް ސިސްޓަމަކީ އިޒްރޭލުގައި ބޭނުންކުރަން އުފައްދާ ނިޒާމެއް ނޫން ކަމަށް ވެސް ބުނެ އެވެ. އެހެން ނަމަވެސް މިއި ޑްރޯނާއި މިސައިލް އަދި މިފަދައި ބޯޑަރު ހުރަސްކޮށް ގައުމުތަކަށް ދެވޭ ހަމަލާތައް ވައިގެ ތެރޭގައި އަންދާލާނެ ނިޒާމަކަށް ވާނެ ކަމަށް އޮފިޝަލުން ބުނެ އެވެ.

ރަފައޭލްގެ ސީއީއޯ، ޔޮއާވް ހާލް އެވެން ވިދާޅުވި ގޮތުގައި މިއީ އިޒްރޭލުން ހަތިޔާރު ވިއްކާ ގައުމުތަކަށް އުފައްދައިދޭ ނިޒާމެކެވެ. އަދި މިއީ ކަސްޓަމަރުން އެންމެ ބޭނުންވާ ޒަމާނީ ކުރިއެރުން ހިމެނިގެންވާ ނިޒާމަކަށް ވާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ލޭޒާ ބީމް ހަތިޔާރެއް ގޮތުގައި ބޭނުންކުރުމަށް އިޒްރޭލުގެ ކުންފުނިތަކުން ދަނީ ދިރާސާކުރަމުންނެވެ. ލޭޒް ބީމް ޑިފެންސް ސިސްޓަމެއް ގާއިމުކުރުމަށްޓަކައި އިޒްރޭލުން ވަރަށް ގިނަ ހޯދުން ހޯދާފައިވާ ކަމަށް ވެސް ބުނެވެ އެވެ.

އެހެން ނަމަވެސް އިޒްރޭލުގައި މިހާރު ބޭނުންކުރާ އަޔަށް ޑޯމްއަށް ވުރެ ހަމަލާތައް ހުއްޓުވުމުގައި އަޔަން ބީމް އަދި ނުކުޅުންތެރި ކަމަށް ބުނެވެ އެވެ. އެހެންކަމުން އަޔަން ޑޯމްގެ ބަދަލުގައި އަޔަން ބީމް، އިޒްރޭލުގައި ބޭނުމެއް އަދި ނުކުރާނެ އެވެ.

އަޔަން ބީމުން މިސައިލް ޑިފެންސް ސިސްޓަމް އުފެއްދުމަށް ޓަކައި ކުރި ޓެސްޓްތަކުގައި -- ބީމް ފޮނުވާލެވެނީ 4.3 މޭލަށް ކަމަށް ބުނެވެ އެވެ.

އަޔަން ބީމްއާ ބެހޭ ގޮތުން އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ނަފްތަލީ ބެނެޓް ވެސް ޖޫން މަހު ވާހަކަދެއްކެވި އެވެ. އޭނާ އޭރު ވިދާޅުވި ގޮތުގައި އަހަރު ނިމުމުގެ ކުރިން -- ހަމަލާދެވޭ ފެންވަރުގެ އަޔަން ބީމް ނިޒާމެއް އުފަންކުރެވޭނެ އެވެ.

އެހެން ނަމަވެސް ރަފައޭލް އިން ބުނީ އަދި އެ ފެންވަރަށް އަޔަން ބީމް ފައްކާ ނުކުރެވޭ ކަމަށެވެ. އަހަރު ނިމުމުގެ ކުރިން ދެމެހެއްޓެނިވި ނިޒާމެއް ގާއިމުނުކުރެވޭނެ ކަމަށް ވެސް އޮތި ބުނެފަ އެވެ.