ގެމަނަފުށި

މަހުގެ އުފެއްދުންތަކަށް އާމްދަނީ ހޯދަން އަންހެނުންނަށް ހާއްސަ އެޕެއް

އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ މަޝްރޫއާއި ގުޅިގެން އައިޕީއެންއެލްއެފް އިން ބޭއްވި ބައްދަލުވުމުގެ ބައިވެރިވިން -- ފޮޓޯ: އައިޕީއެންއެލްއެފް
0%
0%
0%

މަސް ކައްކާ ހިއްކާ މީހުންނާ އަދި މަހުގެ އުފެއްދުންތަކުން އާމްދަނީ ހޯދަމުންދާ ގިނަ އަންހެނުންނަށް އެމީހުންގެ ވިޔަފާރި ހުއްޓާލަން މަޖުބޫރުވެފައިވާ ކަމަށް އިންޓރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން (އައިޕީއެންއެލްއެފް) އިން ބުނެފި އެވެ.

އައިޕީއެންއެލްއެފް ބުނީ މި މައްސަލަ މެދުވެރިވާ މައިގަނޑު ސަބަބަކީ ރަށްރަށުގައި ތިބެގެން އުފައްދާ ތަކެތި މާލެ ފޮނުވުމުގައި ދަތިތައް ކުރިމަތިވުން ކަމަށެވެ. މާލެ ދަތުރުކުރާ ބޯޓުތައް މެދުވެރިވެގެން ފޮނުވާ ތަކެއްޗަށް ވާނުވާ ނޭނގުމާއި އެތަކެތިން ލިބުނު އަސްލު އަގު ނޭނގުން ވެސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރެ އެވެ.

އާމްދަނީ ހޯދުމަށް އޮންނަ ފުރުސަތު ކުޑައިރު ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުންދާ އަންހެނުންނަށް ދިމާވާ މިފަދަ މައްސަލަތަކަކީ އެކަމާ ގުޅިގެން އެމީހުންގެ ދިރިއުޅުމަށް ނުހަނު ދަތިތައް ކުރިމަތިވާ މައްސަލަތަކެއް ކަންވެސް ފާހަގަކޮށްފައިވެ އެވެ.

އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ މަޝްރޫއާއި ގުޅިގެން އައިޕީއެންއެލްއެފް އިން ބޭއްވި ބައްދަލުވުން -- ފޮޓޯ: އައިޕީއެންއެލްއެފް

މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އައިޕީއެންއެލްއެފް އިން އަންނަނީ ޔޫއެންޑީޕީގެ އޯޝަން އިނޮވޭޝަން ޗެލެންޖްގެ އެހީގައި ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. މިފަދަ އެއް މަޝްރޫއަކީ އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިގްތިސާދީ ނަފާ އިތުރުކުރުމުގެ މަޝްރޫއެވެ. ދެ އަހަރު ދުވަހަށް ކުރިއަށް ގެންދާ މި މަޝްރޫއު އިފްތިތާހު ކުރީ މިދިޔަ ސެޕްޓެމްބަރު 19 ވަނަ ދުވަހު ގއ. ގެމަނަފުށީގަ އެވެ.

މިމަޝްރޫއުގައި މަހާއި މަހުގެ ބާވަތްތަކުން އުފައްދާ ތަކެއްޗަށް އެކަށޭނެ އަގެއް ހޯދައިދިނުމަށް "ފިން-ޓެކް" ޓެކްނޮލޮޖީ ބޭނުންކޮށްގެން "ޕްލެޓްފޯމެއް" ނުވަތަ "އެޕްލިކޭޝަން" އެއް ގާއިމުކުރުވޭނެ އެވެ. މި ޕްލެޓްފޯމްގެ މަގުސަދަކީ މީގެޒަރިއްޔާއިން ވީހާވެސް ރަނގަޅު އަގެއްގައި މަހުގެ ބާވަތްތަކުން އުފައްދާ ތަކެތި ވިއްކޭނެ ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން މިޕްލެޓްފޯމްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް އަހުލުވެރި ކުރުވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ސަބަބުން މަސްވެރި އުފެއްދުންތަކުން ލިބޭ އިގްތިސާދީ ނަފާ އިތުރުވާނޭ ކަމަށް އައިޕީއެންއެލްއެފް އިން ބުނެ އެވެ.

އަންހެނުން އުފައްދާ މަހުގެ ބާވަތްތަކުން ލިބޭ އިޤްތިޞާދީ ނަފާ އިތުރުކުރުމުގެ މަޝްރޫއާއި ގުޅިގެން އައިޕީއެންއެލްއެފް އިން ބޭއްވި ބައްދަލުވުން -- ފޮޓޯ: އައިޕީއެންއެލްއެފް

އައިޕީއެންއެލްއެފް މޯލްޑިވްސް އިން ތައްޔާރުކޮށްފައިވާ އީކޮމާސް ޕްލެޓްފޯމަށް ކިޔަނީ "ދުމަށި" އެވެ. މިޕްލެޓްފޯމަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން މިހާރު ވަނީ "ދުމަށި ޕްރޮގްރާމް"ގެ ނަމުގައި ޕްރޮގްރާމެއް ވެސް ފަށާފަ އެވެ.

މި ޕްރޮގަރާމްގައި ވިޔަފާރީގެ މައިގަޑު އަސާސްތަކާއި ކުދި ވިޔަފާރިތަކުގައި ފައިސާގެ މުއާމަލާތްތައް ހިންގާނެ ގޮތްތަކާއި، މާކެޓިންނާއި ބްރޭންޑިން އަދި އުފައްދާ ބާވަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ މުހިއްމު ކަންތައްތަކާއި ގުޅޭ ތަމްރީން ދިނުމަށް ހަމަޖެހިފައިވެ އެވެ.

"ދުމަށި ޕްރޮގްރާމް"ގެ ތެރެއިން ގާއިމުކުރެވޭ "އޮންލައިން ޕްލެޓްފޯމް" ލޯންޗްކުރުމާއެކު މިޕްލެޓްފޯމްގައި ރަޖިސްޓާކޮށްގެން ކޮންމެ މީހަކަށްވެސް މަހުގެ އުފެއްދުންތައް ގަނެ އަދި ވިއްކޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345