ސިވިލް ކޯޓް

ތިލަފުށި ފަޅުގައި ނުނަގާ ހުރި އުޅަނދުތައް އެޗްޑިސީއަށް ނައްތާލެވޭނެ

ތިލަފުށި
0%
0%
0%

ތިލަފުށީ ފަޅުގައި ނުނަގާ ގިނަދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމަށް ކޯޓުގެ ހުއްދައެއް އެޗްޑީސީއަށް ބޭނުން ނުވާނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެޗްޑީސީ އިން ސިވިލް ކޯޓުގައި އެދުނީ ތިލަފުށި ފަޅުގައި އަޅާފައިވާ އަދި ފަޅުތެރެއަށް ފެތިފައިވާ އުޅަނދުތައް ނެގުމަށް މިހާތަނަށް ކުރި އިއުލާނުތަކާ އެއްގޮތަށް، ނަގާފައި ނުވާ އުޅަނދުފަހަރު އެ ސަރަހައްދުން ނަގައި އެތަކެތި ނައްތާލުމުގެ ހުއްދަ އެޗްޑީސީއަށް ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

އެ އުޅަނދުތަކުގެ ވެރިފަރާތެއް ހޯދުމަށްޓަކައި 2019 ވަނަ އަހަރުން ފެށިގެން ފަސް ފަހަރެއްގެ މަތިން އެޗްޑީސީ އިން ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް އުޅަނދު ތަކަކީ ނަމެއް އަދި ރަޖިސްޓްރީ ބޯޑެއްވެސް ނެތް އުޅަނދުތަކަކަށް ވެފައި އޭގެ ވެރިފަރާތެއް ހޯދޭނެ ގޮތެއްވެސް ނެތް އުޅަނދުތަކެވެ.

އުޅަނދުތައް ނުނަގާ ހުރުމުން ފަޅުގެ ބޭނުން ނުކުރެވި އެޗްޑިސީއަށް ދަތިތަކަކާ ކުރިމަތިވާތީ އެތައް ފަހަރަކު އިއުލާން ކޮށްގެން ވެސް އުޅަނދުތަކުގެ ވެރިފަރާތެއް އެނިގިފައި ނުވާ ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

މިމައްސަލައިގައި ސިވިލް ކޯޓުން ނިންމީ އާންމު ތަންތަނާއި މަގުތަކާއި، ފަޅުތެރެއަށް ދޫކޮށްލާފައިވާ ތަކެއްޗާމެދު ރާއްޖޭގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު، އެފަދަ ތަކެތި ނައްތާލަމުން އަންނަނީ އެކަން ކުރާނެ ގޮތް ކުރީއްސުރެ އާއްމު ކުރުމަށްފަހުގައި ކަމަށެވެ. އެގަވާއިދާ އެއްގޮތަށް އެޗްޑީސީގެ ބެލުމުގެ ދަށުގައި ހުންނަ ސަރަހައްދުތަކުގައި ބަހައްޓާފައި ނުވަތަ ދޫކޮށްލާފައި ހުންނަ ތަކެއްޗާ މެދު އަމަލު ކުރަމުންދާނެ ގޮތުގެ ގަވައިދު ގާނޫނީ އިމުގެ ތެރެއިން އެޗްޑީސީއަށް ހެދޭނެ ކަމަށްވެސް ނިންމުމުގައި ބުނެފައިވެ އެވެ. އެހެންކަމުން މިމައްސަލައިގައި ޝަރީއަތުން ގޮތެއް ކަނޑައަޅަން ޖެހޭ ތަނެއް ނެތް ކަމަށް ނިންމާފައިވެ އެވެ. އަދި އެޗްޑީސީ އިން ނައްތާލަން ބޭނުންވާ އުޅަނދުތައް ނައްތާލުމުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ކިޔު

ވެރި ފަރާތްތަކުން ނުނަގާ ބަހައްޓާފަ ހުންނަ އުޅަދު ނައްތާލުމުގެ އިޚްތިޔާރު އެޗް ޑީ.ސީ އަށް އޮންނާނެ. އޭގެ އިތުރުން، ނައްތާލުމަށް ހިނގި ޚަރަދު ހޯދުމުގެ ހައްގާއި ބާރުވެސް އޮންނާނެ. އެފަދަ ޚަރަދު ހޯދަން ދައުވާ ކުރަންވާނެ.

ނަސީރާ

އެތަކެތި ނަގާފަ އޭގެން މުގުރިހައާއި ސަޓަނި ހަދާފަ ތިލަފުށީގަ ސިނާއީ މަސައްކަތްހިންގާ އެތަން ތަޣައްޔަރުކުރާ ފަރާތްތަކަށް ކާންދޭށެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910