އަލިފާން

ގެއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް

މާލޭގެ ގެއެއްގައި ރޭ ދަންވަރު އަލިފާނުގެ ހާދިސާއެއް ހިނގާ ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ހ. ހިރިޔާގެ ތިންވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ގިނަ މުދަލަށް ގެއްލުން ވެފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 3:57 ހާއިރު ކަމަށެވެ.

ހާދިސާ ހިނގި ސަރަހައްދަށް ގޮސް ސިފައިންނަށް އަލިފާންގަނޑު ނިއްވާލެވުނީ ރޭ ފަތިހު 4:23 ހާއިރު އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.