ސްޓެލްކޯ

މައްސަލަ ހައްލުކުރުމަށްފަހު އަލުން ކަރަންޓު ދީފި

ހުޅުމާލެ އިންޖީނުގެއަށް ދިމާވި މައްސަލަ ހައްލުކޮށް، ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ސްޓެލްކޯއިން އަލުން ކަރަންޓު ދީފި އެވެ.

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ހުޅުމާލެ އިންޖީނުގޭގައި ހުންނަ ފިއުލް ޕަންޕަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

ކަރަންޓު ކެނޑުމުގެ ކުރިން މާލެ އަދި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވަނީ އަންގާފަ އެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހަމައެކަނި ހުޅުމާލޭގެ ސަރައްހަދުތަކުންނެވެ. މާލޭގެ ގްރިޑަށް މިކަމުގެ ސަބަބުން އަސަރެއް ކޮށްފައެއް ނުވެ އެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމާ ގުޅިގެން ދިމާވި ދަތިތަކަށް ސްޓެލްކޯ އިން ވަނީ މައާފަށް ވެސް އެދިފަ އެވެ.