ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

ހިރިޔާގެ އާއިލާއަށް ވަގުތީ ހިޔާވަހިކަން ދީފި

ހ. ހިރިޔާގެ ތިންވަނަ ފަންގިފިލާގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ތިންވަނަ ފަންގިފިލާގައި ދިރިއުޅެމުން ގެންދިޔަ އާއިލާއަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އެމްޑީއެމްއޭ އިން މިއަދު ބުނީ އެ އެޕާޓްމެންޓްގައި ދިރިއުޅެމުން ގެންދިޔަ މީހުންނަށް ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު މިހާރު ހަމަޖައްސައިދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވަނީ ރޭ ފަތިހު 3:57 ހާއިރު ކަމަށެވެ. ހާދިސާ ހިނގި ސަރަހައްދަށް ގޮސް ސިފައިންނަށް އަލިފާންގަނޑު ނިއްވާލެވުނީ ރޭ ފަތިހު 4:23 ހާއިރު އެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ނަމަވެސް އެޕާޓްމަންޓްގައި ދިރިއުޅުނު މީހުންގެ މުދަލާއި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.