ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

އިވްނިންގް ކެފޭ އަލިފާން: ވަގުތީ ބޯހިޔާވަހިކަން ހަތް މީހަކަށް

މާފަންނު އޯކިޑްމަގުގައި ހުންނަ އިވްނިންގް ކެފޭގައި އިއްޔެ ހަވީރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހަތް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި އެވެ.

އަވަސް އަށް މައުލޫމާތު ދެމުން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އިމަޖެންސީ މެނޭޖްމަންޓްގެ ޑިރެކްޓަރު ފަރޫޝާ އަލީ ވިދާޅުވީ، ހާދިސާއާ ގުޅިގެން މިވަގުތު ހަތް މީހަކަށް ގެސްޓް ހައުސްތަކުގައި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މި ހަތް މީހުންނަކީ އިވްނިންގް ކެފޭއާ ޖެހިގެން ހުރި މ. ގުލޭނޫރަންމާގޭގެ ދެ ފަންގިފިލައެއްގައި ދިރިއުޅޭ މީހުންނެވެ.

ފަރޫޝާ ވިދާޅުވި ގޮތުގައި މި މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރީ ދުމުގެ އަސަރު ހުރުމުގެ ސަބަބުންނާއި ބަލި މީހަކު އުޅޭތީ އެވެ. މި މީހުން ދިރިއުޅޭ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިނުވާކަން ވެސް ފަރޫޝާ ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރޯވި ކެފޭގެ އެކޮމޮޑޭޝަން ބްލޮކުގައި 25 ބިދޭސީން ދިރިއުޅުނު ކަމަށާއި އެމީހުންގެ ވެރިން އެ މީހުންނާ ހަވާލުވެފައިވާ ކަމަށް ފަރޫޝާ ވިދާޅުވި އެވެ.

އިވްނިންގް ކެފޭގައި އަލިފާން ރޯވި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އިއްޔެ އިރުއޮއްސި 6:12 ގަ އެވެ.

އެމްއެންޑީއެފް އިން ބުނާ ގޮތުގައި އަލިފާން ރޯވީ އިވްނިން ކެފޭގެ ބަދިގޭގަ އެވެ.