އަލިފާން

އަލިފާނުގެ ހާދިސާއާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ޝީ ބިލްޑިންގް ކައިރީގައި ހުންނަ މ. ހައުސްޕްލާޒާގޭގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. ނަމަވެސް ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވީ މީހުން ދިރިނޫޅޭ ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ޖަމާކޮށްފައިވާ ކުނިތަކެއްގަ އެވެ.

އަލިފާން ނިއްވާލާފައިވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

މި ހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ.