ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރު

އަލިފާނުގެ ހާދިސާ: މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދެނީ

ފަތިހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި މީހަކަށް ފަރުވާ ދެމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭ އިން ބުނީ އަލިފާނުގެ ހާދިސާގެ ސަބަބުން ތިން މީހަކު ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު އެކަކަށް އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.

ރޯވި އަލިފާން ނިއްވާލާފައިވާއިރު އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައި ނުވާ ކަމަށްވެސް އެ އޮތޯރިޓީން ބުނެ އެވެ.

އަލިފާން ރޯވީ ރަތްވިލާ ގޯޅީގައި ހުރި "ވެގާ ޕޮއިންޓް" ފިހާރައިގަ އެވެ. މި ހާދިސާގައި ފިހާރަ ވަނީ އަނދައި އަޅިޔަށްވެފަ އެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ ފަތިހު 4:37 ހާއިރު އެވެ.