ޓޫރިޒަމް

ކަލިނަރީ ވޯލްޑްކަޕްގައި ރާއްޖެއަށް ބޮޑު ކާމިޔާބެއް

މިއަހަރުގެ ކަލިނަރީ ވޯލްޑްކަޕްގައި ރާއްޖެއިން ބައިވެރިވި ޓީމު ފަސް ގޯލްޑް މެޑަލް ހޯދައިފި އެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރަތަކީ މުޅި ދުނިޔޭގައިވެސް ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖެވެ.

ލަކްސަންބާގްގައި މިއަހަރުގެ ކަލިނަރީ ވޯލްޑްކަޕް ބޭއްވީ މިދިޔަ މަހުގެ 26 އިން 30 އަށެވެ.

މިމުބާރާތުގައި ރައްޖެއިން ބައިވެރިވީ ހެރިޓެންސް އާރަށް މޯލްޑިވްސްގެ ހަތް ޝެފުންނެވެ.

މިޓީމުން ވަނީ މުބާރާތުގައި ތިން ކެޓަގަރީއަކުން ވާދަކޮށްފަ އެވެ. މިއިން ކޮންމެ ކެޓެގަރިއެއްގައި ޖުމްލަ 15 ޓީމުން ބައިވެރިވި އެވެ. ރާއްޖެއިން ބައިވެރިވި ޓީމަށް ހުރިހާ ކެޓެގަރީއަކުން ވެސް އެކި މެޑަލްތައް ލިބިފައިވެ އެވެ. އެއީ ފަސް ގޯލްޑް، ހަތަރު ސިލްވާ އަދި ހަތަރު ބްރޯންޒް މެޑަލް އެވެ.

ދަ ވޯލްޑް އެސޯސިއޭޝަން އޮފް ޝެފްސް ސޮސައިޓީގެ ފަރާތުން ކަލިނަރީ ވޯލްޑްކަޕް ބާއްވަން ފެށީ 1972 ވަނަ އަހަރުން ފެށިގެންނެެވެ. މިއަހަރުގެ މުބާރާތަކީ 14 ވަނަ މުބާރާތެވެ.