ދުނިޔެ

ރަޝިއާ-އެމެރިކާ ގައިދީން ބަދަލުކުރަން ފުރުސަތު އަދިވެސް އެބަ އޮތް: ޕޫޓިން

ގައިދީން ބަދަލުކުރެވޭ ގޮތަށް ރަޝިއާއަށާއި އެމެރިކާއަށް މަޝްވަރާ ކުރެވިއްޖެ ނަމަ އިތުރު ގައިދީން ބަދަލުކުރަން ފުރުސަތު އަދިވެސް އޮތް ކަމަށް ރަޝިއާގެ ރައީސް ލަދިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ބާސްކެޓް ކުޅުންތެރިޔާ ބްރިޓްނީ ގްރައިނާގެ ބަދަލުގައި ރަޝިއާގެ ވިކްތަރު ބޫތު ބަދަލުކުރަން ކުރެވުނު މަސައްކަތްތައް ދިގުލައިގެން ނުގޮސް ވަނީ ކޮޅެއްގައި ޖައްސާފަ އެވެ. މިކަމާ ބެހޭ ގޮތުން ނޫސްވެރިން ކުރި ސުވާލަށް ޕޫޓިން ވިދާޅުވީ އެއީ ދެ ގައުމަށް ވެސް މަންފާ އޮތް ހާޖަތެއް ކަމަށެވެ.

ޕޫޓިން އަދި ވިދާޅުވީ ގައިދީން ބަދަލުކުރުމަކީ ކުރެވެން ނެތް މަޝްވަރާއެއް ކަމަށް މޮސްކޯ ނުދެކޭ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް މަޝްވަރާ ކުރުމާއި އަދި އެކަމުގައި ދެ ގައުމަށް އޮތް ފައިދާއަށް ބަލައި ކުށްވެރިން ބަދަލުކުރެވޭނެ ކަމަށެވެ.

ގައިދީން ބަދަލުކުރަން އެމެރިކާ ޝައުގުވެރިވުމުން އެކަން އެ އޮތީ ނިމިފައި ކަމަށް ޕޫޓިން ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރަޝިއާއިން ދުވަހަކު ވެސް ބޮޑާހާކައި މަޝްވަރާގެ ކޮޅު ބަންދު ނުކުރާ ކަމަށެވެ.

ޕޫޓިން ވިދާޅުވި ގޮތުގައި ކުށްވެރިން ބަދަލުކުރަން ހުޅުވާ ދޮރަކުން އެހެން ކަމަކަށް ހައްލެއް ނުހޯދޭނެ އެވެ. މަޝްވަރާތައް އޮންނަން ޖެހޭނީ ގައިދީން ބަދަލުކުރާ ނަމަ އެކަމަށް އަމާޒުކޮށްފައި ކަމަަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޕޫޓިން ވިދާޅުވި ގޮތުގައި އެއްވެސް ކަމަކީ ނުވާނެ ކަމެއް ކަމަށް ނުދަންނަވާނެ ކަމަށެވެ. އޮތީ ކެރުމާއި ހިތްވަރު، އަދި އެކަމަކުން ލިބޭ ފައިދާ ކަމަށް ވެސް ވިދާޅުވި އެވެ.

ގައިދީން ބަދަލުކުރަން މަޝްވަރާއަށް އެއްމޭޒުދޮށް ގޮސް ޔުކްރޭން ހަނގުރާމައާ ބެހޭ ގޮތުން ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ. ދައުވަތު ދިން މައުލޫއަށް ފޯކަސްކުރެވެން ނެތް ނަމަ މޮސްކޯއަށް ޖެހޭނީ ތަނުން ނުކުންނަން ކަމަށް ވެސް ވިދާޅުވި އެވެ.