ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި

Dec 11, 2022
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށަކަށް ފުރާވަޑައިގަންނަވަނީ---ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ގދ. ފަރެސްމާތޮޑާއަށް ފުރާވަޑައިގެންފި އެވެ.

ރައީސް ސޯލިހް ފަރެސްމާތޮޑާއަށް ފުރާވަޑައިގެންނެވީ ރާއްޖޭގެ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

މިގޮތުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށްގެންދާ ފިޝަރީޒް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މަސްކެނޑުމުގެ މުބާރާތެއްވެސް އެމަނިކުފާނު ޝަރަފްވެރިކޮށްދެއްވާނެ އެވެ.

މި ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ސޯލިހް ގދ. ފަރެސްމާތޮޑާ ކައުންސިލާއި، އ.ތ.މ ކޮމިޓީއާ ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، މަސްވެރިންނާއިވެސް ބައްދަލު ކުރައްވާނެއެވެ. މީގެ އިތުރުން މިރޭ ބާއްވާ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވާނެ އެވެ.

ފަރެސްމާތޮޑާއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ސޯލިހް މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345