މޯލްޑިވްސް ޕޮލިސް ސާވިސް

މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ފުލުސް މީހާގެ ތަހުގީގަށް އިތުރު މުއްދަތު

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސއިން އާދަމް ބިލްޑިންގް -- ފޮޓޯ: އަވަސް
0%
0%
0%

ހުޅުމާލެއާއި މާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޑް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ފުލުހަކު ހައްޔަރުކުރި މައްސަލައިގެ ތަހުގީގުގެ މުއްދަތު ޕީޖީ އޮފީހުން އިތުރުކޮށްފި އެވެ.

ނިމިދިޔަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުލުހުން ހިންގި މި އޮޕަރޭޝަނުގައި އުމުރުން 23 އަހަރާއި 38 އަހަރާ ދެމެދުގެ 12 މީހުން ހައްޔަރުކޮށްފައިވެ އެވެ.

މި މައްސަލަ ތަހުގީގުކުރުމުގެ މުއްދަތު ޕީޖީ އޮފީހުން ވަނީ މި މަހުގެ 25 އާއި ހަމައަށް އިތުރުކޮށްދީފައެ ވެ. އަދި މި މައްސަލައިގައި މިހާރު ބަންދުގައި ތިބި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ އިތުރު 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ މި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންނަށް ފުލުހުން ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމުގެ ތުހުމަތެވެ.

މި އޮޕަރޭޝަނަކީ އާންމު އުސޫލުން މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910