އެޗްޑީސީ

ހުޅުމާލޭގައި ކޮމިއުނިޓީ ހަބެއް ގާއިމުކުރަނީ

Dec 14, 2022
1

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ މީހުންނާ ގުޅިގެން ގިނަ ހަރަކާތްތަކެއް ހިންގޭނެ ގޮތަށް ފަރުމާކޮށްފައިވާ ކޮމިއުނިޓީ ހަބެއް ގާއިމުކުރުމަށް ނިންމައިފި އެވެ.

މިކަމާ ގުޅޭ އެއއްބަސްވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އަލޯހާ ކްލަބާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ހުޅުމާލޭ ބީޗް ސަރަހައްދުގައި ގާއިމުކުރެވޭ މި ހަބަކީ 406.23 އަކަފޫޓުގެ ބިމެއްގައި އިމާރާތް ކުރެވޭ ރައްޔިތުންނާ ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގޭނެ ތަނެއް ކަމަށް އެޗްޑީސީނމް ބުނެ އެވެ.

މިގޮތުން ކުޑަކުދިންނަށް ހާއްސަ ކޮށްގެން މޫދުގެ ހަރަކާތްތަކާއި ޒުވާނުންގެ ކުރިއެރުމަށް ލައިފް ސްކިލް ޕްރޮގްރާމްތައް އަދި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ގިނަ ހަރަކާތްތަކެއް މި ހަބުން ކުރިއަށް ގެންދިއުމަށް ރާވާފައިވެ އެވެ. ވަކިން ހާއްސަކޮށް ތިމާވެއްޓަށް ގެއްލުންވާ ކަންކަމަށް ހޭލުންތެރިކަން އިތުރު ކުރުމަށާއި ޒުވާނުން އަދި ކުޑަކުދިންނަކީ ތިމާވެއްޓަށް ލޯބި ޖެހިފައި ތިބި ބަޔަކަށް ހެދުމަށް ހާއްސަ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.