ރައީސް މައުމޫން އަބްދުލްގައްޔޫމް

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓުން މައުމޫނަށް ޝަރަފުވެރި އެވޯޑެއް ދެނީ

ސިންގަޕޫރުގެ ރޯޔަލް އިންސްޓިޓިއުޓުން ދޭ އެންމެ އިއްޒަތްތެރި އެވޯޑު "އޮނަރަރީ ފެލޯ" ގެ އެވޯޑް ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމަށް ދޭން ނިންމާފައިވާ ކަމަށް އެ އިންސްޓިޓިއުޓް އިން ހާމަކޮށްފި އެވެ.

މިއީ ދެކުނު އޭޝިޔާގެ ގައުމަކަށް ނިސްބަތްވާ ފަރާތަކަށް މި އެވޯޑު ލިބޭ ފުރަތަމަ ފަހަރެވެ. އެ އިންސްޓިޓިއުޓުން ރައީސް މައުމޫނަށް ވަނީ ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި މައުމޫން ކޮށްދެއްވަމުން ގެންދަވާ ހިދުމަތަށް ޝުކުރު އަދާކޮށްފައިވެ އެވެ.

އަދި މީގެ އިތުރުން ރޯޔަލް އިންޓިޓިއުޓުގެ ހަތް ވަނަ ގްލޯބަލް ކޮންގްރެސް އެންޑް ކޮންފާމެންޓް ސެރެމަނީގެ ޗީފް ގެސްޓް އަށް ވުމުގެ ދައުވަތުވެސް އެ އިންސްޓިޓިއުޓުންވަނީ މައުމޫނަށް އަރުވާފަ އެވެ. ރައީސް މައުމޫން މިހާރުވަނީ އެ ދައުވަތު ޤަބޫލުކުރައްވާފަ އެވެ.

މިރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ އޭޕްރިލް މަހުގެ 23 ވަނަ ދުވަހު މާލޭގަ އެވެ.