އިސްލާމިކް މިނިސްޓްރީ

ވަގްފާ ބެހޭ ގާނޫނު ޑްރާފްޓް ކުރަން ކޮންސަލްޓެންޓެއް ހޯދަނީ

ވަގްފާ ބެހޭ ގާނޫނުގެ ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ހިދުމަތް ދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ބުނެފައިވަނީ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދުފަންތީގެ ފިޔަފާރިތަކަށާއި އެ ގާނޫނުގެ ދަށުން ރަޖިސްޓްރީކުރަން ނުޖެހޭ އަމިއްލަ ފަރުދުންނަށް ވެސް ބީލަން ހުށަހެޅޭނެ ކަމަށެވެ.

ކޮންސަލްޓެންސީ ދޭން ހުށަހަޅާ ފަރާތަކީ ދީނީ ދާއިރާގެ އިތުރުން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ތައުލީމު ލިބިފައިވާ ތަޖުރިބާކާރު ފަރާތެއް ކަމުގައި ވާންޖެހެ އެވެ.

ބީލަމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރަޖިސްޓްރީކުރަން ހުޅުވާލާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން މިނިސްޓްރީގެ މެއިލް މެދުވެރިކޮށެވެ.