ބޭންކް އޮފް މޯލްޑިވްސް

10 ރަށެއްގެ ސެން ކްލާހަށް ބީއެމްއެލް އިން ތަކެތި ހަދިޔާކޮށްފި

ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދިޔާކޮށްފި އެވެ.

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ހަދިޔާކުރެވެނު އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމުގެ އިތުރުން އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެކެވެ.

ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 260 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ އެވެ.

ތަކެތި ހަދިޔާ ކުރެވުނު ސްކޫލްތައް:

މުލަކު ސްކޫލު، މ. މުލައް
މަރަދޫ ސްކޫލު، ސ. މަރަދޫ
މާވަށު ސްކޫލު، ލ. މާވަށް
ވޭމަންޑޫ ސްކޫލް، ތ. ވޭމަންޑޫ
ގއ. އެޑިޔުކޭޝަން ސެންޓަރު، ގއ. ވިލިގިނލި
ތ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު، ތ. ތިމަރަފުށި
ހަނިމާދޫ ސްކޫލުި، ހދ. ހަނިމާދޫ
ހދ. އަތޮޅު ސްކޫލު، ހދ. ވައިކަރަދޫ
ނ. އަތޮޅު އެޑިޔުކޭޝަން ސެންޓަރު، ނ. ވެލިދޫ
ނޮޅިވަރަންފަރު ސްކޫލު، ހދ. ނޮޅިވަރަންފަރު

މި ވޭތުވެދިޔަ ތިން އަހަރު ތެރޭ ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ރާއްޖޭގެ 30 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފަ އެވެ.