ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ވޯލްޑްކަޕް މެޗެއް ބައްލަވާލެއްވުމަށްފަހު ރައީސް މާލެއަށް

Dec 15, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފި އެވެ.

ރައީސްގެ ދެކަނބަލުން ގަތަރަށް ވަޑައިގެންނެވީ އެގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޘާނީގެ ދަޢުވަތަކަށެވެ.

މި ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ ގަތަރުގައި މިހާރު ކުރިޔަށްދާ ފީފާ ވޯލްޑްކަޕް 2022ގެ ސެމީ ފައިނަލް މެޗްތައް ބައްލަވާލައްވާފަ އެވެ.

ރައީސްގެ ދެކަނބަލުން ގަތަރަށް ފުރާވަޑައިގެންނެވީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭ އެވެ.

މި ދަތުރުފުޅަކީ ރާއްޖެއާއި ގަތަރާއި ދެމެދު އޮތް ހަރުދަނާ ގާތް ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.