އަލިފާން

އެފްކޮންސް މީހުން ތިބޭ ތަނުގައި ރޯވެއްޖެ

Dec 16, 2022
1

ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ދިރިއުޅުމަށް ބޭނުންކުރާ ތަނުގައި ވަރަށް ބޮޑަށް އަލިފާން އަނދައިފި އެވެ.

އަލިފާން ރޯވި ތަނަކީ ކުރިން އެމްޓީސީސީން ބޭނުން ކުރި އެ ކުންފުނީގެ ތަނެކެވެ.

އެމްއެންޑީއެފް އިން ބުނީ މިހާދިސާގެ މައުލޫމާތު ލިބުނީ މިރޭ މެންދަމު 12:31 ހާއިރު ކަމަށެވެ.

ސިފައިން ގުޅިފަޅަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވީ ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ވެސް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަލިފާން ވަރަށް ބޮޮޑަށް ރޯވެފައިވާތީ އެ ތަނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާނެ ކަމަށް ބެލެވެ އެވެ.