މަގުމަތީގެ އެކްސިޑެންޓް

ބްރިޖު އެކްސިޑެންޓުގައި މީހަކު މަރުވެއްޖެ

Dec 16, 2022

ސިނަމާލެ ބްރިޖު މަތީގައި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.

މިއަދު މެންދުރުފަހު 2:30 ހާއިރު ހިނގި މި އެކްސިޑެންޓްގައި މަރުވެފައިވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގުމާ އެކު ފިރިހެން މީހާ ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އެކްސިޑެންޓް ހިނގީ ބްރިޖު ޓްރެފިކް ލައިޓް ކައިރިން ކައިރިން ސައިކަލަކާއި ކާރެއް ޖެހިގެންނެވެ.

މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.