ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު

ސޮވެރިން ފަންޑަށް 768 މިލިއަން ޖަމާކޮށްފި

ވީއައިއޭ. ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ---ފޮޓޯ: އަވަސް
0%
0%
0%

ސޮވެރިން ޑިވްލޮޕްމަންޓް ފަންޑް [އެސްޑީއެފް] އަށް މިއަހަރު 768.2 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.

އެ ފަންޑަށް މިއަހަރު ނިމޭއިރު 769.2 މިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ބަޖެޓުގައި ވަނީ އަންދާޒާކޮށްފަ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ފަންޑްގެ ސައިޒަކީ 5.3 ބިލިއަން ރުފިޔާ އެވެ. މިމަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ފަންޑްގެ ބޭންކް ބެލެންސްގެ ގޮތުގައި ހުރީ 289.6 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް އަކީ ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަމަކަށްޓަކައި ނަގާ ލޯނުތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ހޯދަން އުފެއްދި ފަންޑެކެވެ. ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް މި ފަންޑް އުފެއްދީ 2017 ވަނަ އަހަރު އެވެ.

ސޮވެރިން ފަންޑަށް ފައިސާ ޖަމާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް [ވީއައިއޭ] އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.

ރައީސް އޮފީހުގައި މިއަހަރުގެ އޮގަސްޓް މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އަހަރު ނިމޭއިރު ސޮވެރިން ފަންޑްގައި ހުންނާނެ ކަމަށް ލަފާކުރާ އަދަދު ހުންނާނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910