އެމްޑީޕީ

އަކްރަމު އިންތިހާބު ކާމިޔާބު ކުރީ ބޮޑު ތަފާތަކުން

Dec 17, 2022

އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގެ ރައީސް ކަން އަކްރަމް ކަމާލުއްދީން ކާމިޔާބު ކުރައްވައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އިންތިހާބު ކާމިޔާބު ކުރެއްވީ އިތުރު ދެ ކެންޑިޑޭޓުންނާ ވާދަކުރައްވައިގެން ބޮޑު ތަފާތަކުންނެވެ.

އަކްރަމަށް އިންތިހާބުގައި 2،988 ވޯޓު ލިބުނެވެ. އޭނާއާ ވާދަކުރެއްވި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު އާދިލަށް 850 ވޯޓު އަދި ހެރިޓޭޖު މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު އަހްމަދު ހާޝިމް (ޓިންޓިން) އަށް 291 ލިބުނެވެ.

އެމްޑީޕީގެ މަތި އުތުރު ޕްރޮވިންސްގައި ހިމެނޭ އަތޮޅުތަކަކީ ހއ. އަތޮޅު، ހދ. އަތޮޅު އަދި ށ. އަތޮޅެވެ.