ލައިފްސްޓައިލް

މިސިޒް ވޯލްޑް 2022 އިންޑިޔާގެ ސަރްގަމް ކައުޝަލްއަށް

ލަސް ވެގަސްގައި ބޭއްވި ހަފުލާއެއްގައި މިއަހަރުގެ މިސިޒް ވޯލްޑްގެ މަގާމު އިންޑިއާގެ ސަރްގަމް ކައުޝަލް އަށް ދީފި އެވެ.

މުމްބައިގައި ދިރިއުޅޭ ސަރްގަމް އެއްވަނައަށް ދިޔައީ 63 ގައުމެއްގެ ބައިވެރިންނާ ވާދަކޮށްގެންނެވެ.

އެންމެ ފަހުން މިސިޒް ވޯލްޑްގެ ޓައިޓްލް އިންޑިއާއަށް ލިބިފައިވަނީ މީގެ 21 އަހަރު ކުރިންނެވެ. އެ ފަހަރު މިސިޒް ވޯލްޑް އަކަށް ހޮވުނީ އަދިތީ ގޮވިތުރިކަރް އެވެ.

އަދިތީ މި މި މަގާމު ލިބުނުފަހުން ބައެއް ހިންދީ ފިލްމުތަކާއި ސިލްސިލާތަކުގައި މަސައްކަތް ކުރި އެވެ.

މިސް.ވޯލްޑް 2022 އަށް ހޮވުނު ސަރްގަމްގެ ބޮލުގައި ތާޖު އަޅުވައިދިނީ މިދިޔަ އަހަރު މި މަގާމަށް ހޮވުނު އެމެރިކާގެ ޝޭލީން ފޯޑެވެ.

މިދިޔަ ހޮނިހިރު ދުވަހު ހަވީރު އޮތް މި ރަސްމިއްޔާތުގައި ރަނަރަޕް އަކަށް ހޮވިފައިވަނީ މިސިޒް ޕޮލިނީޝިއާ އެވެ. ސެކަންޑް ރަނަރަޕް އަކީ މިސިޒް ކެނެޑާ އެވެ.