ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަބްދުލްފައްތާހް އަބްދުލްޣަފޫރުގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމައިފި އެެވެ.
ފައްތާހުގެ މައްސަލައެއް ބަލަނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓުގެ އިހްތިސާސުން ބޭރުން ކައިވެންޏެއް ކޮށްދީ އަދި އެ ކައިވެނި ކުރުމަށް ހުއްދަދީފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ.
ޖޭއެސްސީން މިއަދު ބުނީ މިމަހުގެ ހަތްވަނަ ދުވަހު އޮތް ކޮމިޝަންގެ ބައްދަލުުވުމުގައި ފައްތާހުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
ފައްތާހުގެ މައްސަލަ ބެލުމަށް ޖޭއެސްސީ އިން ވަނީ ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ.