މިނިސްޓްރީ އޮފް އެޑިއުކޭޝަން

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ބުރާސްފަތި ދުވަހު ފަށަނީ

އިންޓަނޭޝަނަލް ޓީޗާސް ކޮންފަރެންސް ހދ. ކުޅުދުއްފުށީގައި މި މަހު 24 އިން 25 އަށް ކުރިއަށް ގެންދަން އިންތިޒާމުތައް ތައްޔާރުވެއްޖެ އެވެ.

މިކޮންފަރެންސް ކުރިން ބޭއްވުމަށް ނިންމީ މިއަހަރުގެ އޮކްޓޯބަރު 9 އިން 10 އަށެވެ.

ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން ގެންދާ މިކޮންފަރެންސްގެ ހަވަނަ އެޑިޝަން މިހާރު ބާއްވަން ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގަ އެވެ.

ކުޅުދުއްފުށީގައި ކޮންފަރެންސް ބާއްވަން ނިންމާފައި މިވަނީ ކޮވިޑާ ގުޅިގެން މިދިޔަ އަހަރު ބާއްވަން އޮތް ކޮންފަރެންސް އޭރު ބޭއްވޭ ގޮތް ނުވުމުންނެވެ.

މީގެކުރިން އަތޮޅު ތެރޭގައި ބޭއްވި މީގެ ފުރަތަމަ ކޮންފަރެންސް 2019 ވަނަ އަހަރު ބާއްވާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫގަ އެވެ.

ނެޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އިންތިޒާމު ކުރާ މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ކަރަންޓް ޕާސްޕެކްޓިވް އެންޑް ފިއުޗާ ޑިރެކްޝަންސް" އެވެ.

މިއަހަރުގެ ކޮންފަރެންސްގައި އެކި ގައުމުތަކުން 250 އެއްހާ ބޭފުޅުން ބައިވެރިވާނެ ކަމަށް އެންއައިއީ އިން ވަނީ މައުލޫމާތު ދީފަ އެވެ.