ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ތަފާތު ބާވަތެއްގެ މަހެއް ބާނައިފި

ދުނިޔޭގައިވެސް ވަރަށް މަދުންފެންނަ މަހެއް ކަމުގައިވާ އޯޝަން ސަން ފިޝް ނުވަތަ މޮލަމޮލައެއް ދިވެހި މަސްވެރިންތަކެއް ބާނައިފި އެވެ.

ބ. ފުޅަދޫ ކައިރިން ބޭނި މަހަކީ ކަނޑުގެ ވަރަށް އަޑިގައި އުޅޭ ވަރަށް މަދުން ނޫނީ ނުފެންނަ ބާވަތެއްގެ މަހެކެވެ.

އީޕީއޭއިން ބުނި ގޮތުގައި މިމަސް ބާނާފައިވާކަން އެ އޭޖެންސީއަށް ވަނީ އެނގިފަ އެވެ. އެހެން ނަމަވެސް މަހުގެ ތަފްސީލެއް ނޭނގެ އެވެ.

ފުޅަދޫގައި އެމަސް ބާނާފައި އޮއްވާ ދުށް މީހަކު ބުނީ އޭގެ ދިގުމިނުގައި ގާތްގަނޑަކަށް 6 ފޫޓު ހުންނާނެ ކަމުގަ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ހިސާބުތަކުން މިމަސް ވަރަށް މަދުން ފެނިފައިވެ އެވެ.

އޯޝަން ސަންފިޝް އަކީ 13 ފޫޓާ ހަމައަށް ދިގުވާ 1000 ކިލޯ އާއި 2000 ކިލޯ ދެމެދު ބަރުދަން ހުންނަ މަހެކެވެ.

މިއީ ބައެއް ގައުމުތަކުގައި ކާން ބޭނުންކޮށްފައިވާ މަހެކެވެ. މި މަހަކީ ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ މަހެއް ނޫނެވެ.

މަސް ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިމަސް އެހާ މަދުން ފެންނަ ސަބަބަކީ ކަނޑުގެ ފުން ހިސާބުތަކުގައި އުޅޭ މަހަކަށް ވާތީ އެވެ.