ރީކޯ މޫސާ މަނިކު

ސަރުކާރަށް ފާޑު ނުކިޔަން އެމްޑީޕީގެ މެންބަރުންނަށް މޫސަ އިލްތިމާސް ކުރައްވައިފި

Dec 23, 2022
3
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި މޫސަ ވާހަކަ ދައްކަވަނީ
0%
0%
100%

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ލިބިފައި އޮތްއިރު އެ ޕާޓީގެ މެންބަރުން ސަރުކާރަށް ފާޑު ކިޔަމުންދާތީ އެކަން ހުއްޓާލުމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ފެށުމުގެ ގޮތުން ރައީސް ސޯލިހްގެ ފެކްޝަންގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރަށް ދަތިވިޔަ ނުދޭން ކުރެވެން ހުރި ހުރިހާ ކަމެއް އޭރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ސޯލިހް ކުރެއްވި ކަމަށެވެ.

މޫސަ ވިދާޅުވީ އެމްޑީޕީގެ ކުރީގެ ސަރުކާރުގައި އެ ޕާޓީގެ މެންބަރުންގެ ފަރާތުން އެފަދަ ކަމެއް ނުފެންނަ ކަމަށެވެ.

"ގޭގައި ޓީވީ ބަލަން އިންނައިރު ލަދުން ބޯހަލާކު ވާވަރުވޭ. އެމްޑީޕީން އެކަން ހުއްޓާލަންޖެހޭ،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ ހިޔާލު ތަފާތު ވިނަމަވެސް މެމްބަރުންގެ މެދުގައި ފިތުނަ އުފެދިގެން ނުވާނެ ކަމަށާއި ހިޔާލު ތަފާތުވާ ކަންކަމުގައި މަޝްވަރާ ކުރެވެންވާނެ ކަމަށެވެ.

މޫސަ އެމްޑީޕީން ވަކިކުރީ އެ ޕާޓީގެ ވިޕްލައިނާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓުލީ ކަމަށް ކަނޑައަޅައި އޭނާއަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ. މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވީ ނޮވެމްބަރު މަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އެޕާޓީން ނިންމާފައިވަނީ ކުރިއަށް ޖެނުއަރީ 28 ގައެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޅޮލް

ދަރަނިބޯ އަށް އިނގޭނީ

ލަމްޔާން

ތައުރީފުކުރާ ވަރު ކަމެއް ނުކުރޭ.

ރަން ރީނދޫ

އެކަށް ގޮވީތަ،ނޫނީ ބޭސް ހުސްވީތަ.

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345