ރައީސް އޮފީސް

ދެމަފިރިން ވަކިވުމުން މުދާބަހާ އުސޫލު ގާއިމުވެފައިވާ ކަމަށް ރައީސަށް ވިދާޅުވެވުނީ އޮޅުމަކުން: ތަރުޖަމާނު

Jan 22, 2016
1
ރައީސް އޮފީސް
0%
0%
0%

ކައިވެނި ރޫޅުމުން، ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ހޯދާފައިވާ މުދާ ބަހަންޖެހޭ އުސޫލު ގާއިމްކުރެވިފައިވާ ކަމަށް ރައީސް އަބުދުﷲ ޔާމީން ރޭ ވިދާޅުވީ އޮޅުމަކުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ، ދެމަފިރިން އެކުގައި މަސައްކަތްކޮށްގެން ހޯދާފައިވާ މުދާ ކައިވެނި ރޫޅިގެން ދިއުމުން ބަހަންޖެހޭ ގޮތަށް އާއިލާއާބެހޭ ގާނޫނަށް ގެންނަ އިސްލާހު ތަސްދީގުކޮށްފައިވާ ކަމަށާއި އެއަށް އަމަލު ކުރާ ކަމަށް ރޭގެ ޖަލްސާގެ ވާހަކަފުޅުގައި ރައީސަށް ވިދާޅުވެވުނީ ލިއުމުގައިވާ ކުށަކުން ކަމަށެވެ.

މުއާޒު ވިދާޅުވީ ރައީސް އިޝާރާތް ކުރެއްވި ގާނޫނު އޮތީ މަޖިލީހުގެ ކޮމިޓީގައި ކަމަށެވެ. އަދި ކައިވެނި ރޫޅުމުގައި ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ކައިވެނި ކުރުމުގެ ކުރިން ދެ މަފިރިން ސޮއި ކުރަން ޖެހޭ އެއްބަސްވުމާ މެދު ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއް ފަށާފައިވާ ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެ ޕްރޮގްރާމްގައި 47 މީހަކު ބައިވެރިވެފައިވާ ކަމަށެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910