ހއ. އުލިގަމުގައި ކުޑަކުއްޖެއްގެ ކަނދުރާއަށް ފުޓްސަލް ގޯލް ޕޯސްޓެއް ވެއްޓި އަނިޔާވުމާ ގުޅިގެން ފަރުވާ ދެމުން ދަނިކޮށް އެ ކުއްޖާ މަރުވެއްޖެ އެވެ.
އަވަސް އަށް މައުލޫމާތު ދެއްވަމުން އުލިގަމު މީހަކު ބުނީ ކުޑަ ކުއްޖާ ބޮލަށް ގޯލް ޕޯސްޓް ވެއްޓުނީ ހަވީރު ކުޅެން އުޅުމުގެ ތެރޭގައި ކަމަށެވެ.
އުމުރުން 10 އަހަރުގެ މިކުއްޖާގެ ހަށިގަނޑުގެ ބޭރުފުށުން ބޮޑު އަނިޔާއެއް ފެންނަން ނެތް ކަމަށްވެސް އެ މީހާ ބުންޏެވެ އެވެ.
އޭނާ ބުނީ ގޯލް ޕޯސްޓް ވެއްޓުމާއި ގުޅިގެން ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށެވެ.
މިހާދިސާ ހިނގަން މެދުވެރި ސީދާ ސަބަބެއް ނޭނގެ އެވެ. އެކަމަކު ވެއްޓުނު ގޯލް ޕޯސްޓަކީ ފުދޭ ވަރަކަށް ބަރު އެއްޗެއް ކަމަށް އެނގިފައިވެ އެވެ.