ދުވާފަރު

ދުވާފަރު ކައުންސިލްގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށްފި

Dec 24, 2022

ރ. ދުވާފަރު ކައުންސިލްގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ވާދަކުރީ އެމްޑީޕީގެ ފަރާތުން އަބްދުﷲ ނަޒީމާއި، ޕީޕީއެމްގެ ފަރާތުން ފާތިމަތު އަލީގެ އިތުރުން އަމިއްލަ ގޮތުން އަހްމަދު ހުސައިން އެވެ.

އެމްޑީޕީގެ ކެންޑިޑޭޓް ނަޒީމު އިންތިހާބު ކާމިޔާބު ކުރީ 612 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް ފާތިމަތުއަށް ލިބުނީ 544 ވޯޓުންނެވެ. އަމިއްލަ ކެންޑިޑޭޓް އަހްމަދަށް ލިބުނީ 298 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދުގެ ބައި އިލެކްޝަންގައި ވޯޓުލީ، ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 43.6 ޕަސަންޓް މީހުންނެވެ.