މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އޮތެންޓިކް މޯލްޑިވްސްގެ ދިވެހި އުފެއްދުންތައް ޖަޕާނުގައި

އޮތެންޓިކް މޯލްޑިވްސްގެ ދިވެހި އުފެއްދުންތައް ޖަޕާނުގައި -- ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ
0%
0%
0%

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ޖަޕާނުގައި ހުޅުވައި އުފެއްދުންތައް ވިއްކަން ފަށައިފި އެވެ.

އޮތެންޓިކް މޯލްޑިވްސްގެ އުފެއްދުންތައް ޖަޕާންގައި ވިއްކަނީ އެ ގައުމުގެ އެކްސްޓާނަލް ޓްރޭޑް އޯގަނައިޒޭޝަނާ ގުޅިގެންނެވެ. މިއޮގަނައިޒޭޝަން އަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އުފެއްދުންތައް ޖަޕާނަށް ތައާރަފްކުރުމުގެ ގޮތުން "ވަން ވިލެޖް ވަން ޕްރޮޑަކްޓް" ނަމުގައި ޕްރްގޮރާމެއް ހިންގާ ބައެކެވެ.

އޮތެންޓިކް މޯލްޑިވްސް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުމުގެ ދަށުން ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން އުފައްދާ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދީ ކޮލިޓީ ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ހިތްވަރު ދިނުމުގެ ގޮތުން ހިންގާ ފިހާރައެކެވެ.

އޮތެންޓިކް މޯލްޑިވްސްގެ ޖުމުލަ ހަތަރު ފިހާރައެއް ރާއްޖޭގައި ހިންގަމުން އަންނަ އިރު ބިސްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ އަމާޒަކީ ދިވެހި އުފެއްދުންތައް ބޭރުގެ މާކެޓްތަކަށް ތައާރަފް ކުރުމެވެ.

ޖަޕާނަށް ގެންދިޔަ ދިވެހި އުފެއްދުންތައް އެ ގައުމުގެ ނަރީޓާ އެއާޕޯޓާއި ކަންސައި އެއާޕޯޓްގައި ގަންނަން ލިބޭނެ އެވެ. ޖެޓްރޯ އާއި ގުޅިގެން ޖަޕާނުން ލިބޭ ދިވެހި އުފެއްދުންތަކުގެ އަދަދު އިތުރުކުރުމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910