ބޭރުގެ އެހީ

ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކުރަން ޕްރޮޖެކްޓެއް ފަށަނީ

Oct 12, 2021
1
ރާއްޖޭގައި ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކުރަން ހާއްސަ ޕްރޮޖެކްޓެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރަނީ -- ފޮޓޯ: ޔޫއެންޑީޕީ
0%
0%
0%

ރާއްޖޭގައި ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކުރުމަށްޓަކައި ޔޫއެންޑީޕީއާއި ޖަޕާން ސަރުކާރުގެ އެހީތެރިކަމާ އެކު ދަނޑުވެރިކަން ތަރައްގީކުރުމާ ގުޅޭ ޕްރޮޖެކްޓެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީޑީއެސްއޭއީ)ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަށް ޖަޕާން ސަރުކާރުން ވަނީ 2.7 މިލިއަން ޑޮލަރު ނުވަތަ 41.7 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ހަރަދުކުރުމަށް ނިންމާފަ އެވެ.

ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންޑީޕީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ރެޒިޑެންޓު ރެޕްރެޒެންޓެޓިވް އެންރީކޯ ގެވޭލިއާ އެވެ. ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖޭގައި ހުންނަވާ އެ ގައުމުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.

މިރަސްމިއްޔާތުގައި މިނިސްޓަރު ހުސައިން ވިދާޅުވީ ރާއްޖޭގައި ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި ޕްރޮޖެކްޓަކީ ރާއްޖެއަށް ވަރަށް ބޭނުންތެރި ޕްރޮޖެކްޓެއް ކަމަށެވެ.

ރާއްޖޭގައި ކާބޯތަކެތީގެ ކަށަވަރުކަން އިތުރުކުރަން ހާއްސަ ޕްރޮޖެކްޓެއް ފެށުމަށް އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޔޫއެންޑީޕީ

މިރަސްމިއްޔާތުގައި ޖަޕާން ސަފީރު ކެއިކޯ ޔަނާއީ ވިދާޅުވީ ޕްރޮޖެކްޓު ކާމިޔާބު ކުރެވިއްޖެނަމަ ދަނޑުވެރިކަމުގެ ދާއިރާގައި ކުރިއަށް އޮތް ދުވަސް ތަކުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެ ކަމަށެވެ.

މިޕްރޮޖެކްޓްގެ ދަށުން ވެލި ޓެސްޓް ކުރުމަށް ރިސާޗް ލެބޯޓްރީއެއް ހެދުމާއި، ދަނޑުވެރިކަމުގެ ބާވަތްތައް އުފުލުމަށް ފިނިކުރި ނިޒާމުތައް ގާއިމުކޮށްފައިވާ ދޯނިތަކެއް ހެދުމަށް ވެސް ނިންމާފައިވެ އެވެ.

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ވަގުތު ވެސް ޖަޕާނަކީ ރާއްޖެއަށް އެންމެ ގިނަ އެހީ ދިން އެއް ގައުމެވެ. އެގޮތުން އެސްޓްރަޒެނެކާ ވެކްސިންގެ 112،000 ޑޯޒް ހަދިޔާކުރުމާއި ހިލޭ އެހީގެ ގޮތުގައި ދިން 8.5 މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ބަލާތި

ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި އެބަޖެހޭ ހުޅުމާލޭގެ އިރުން އޮތް ބޮޑު ފަޅު ހިއްކާލާ ޖަޕާނުގައި ދަނޑުވެރިކަން ކުރާ ގޮތަށް 20 ހާސް އަކަމީޓަރުގެ ބިމެއްގައި 150 ބުރިއަށް އިމާރާތެއް ހަދާ އެތަނުގައި އެކި ސްޓޯލް ތައް ހަދާ އެތަނުގަިއ ވާރޓިކަލް ފާރމިންގް އަދި ހައިޑްރޮޕޮނިކްސް ދަނޑުވެރިކަން ލާރޖް ސްކޭލް ގައި ކުރަން އެކި ސްޓޯލް ތައް މާލެ ސަރަހައްދުގެ ވިޔަފާރި ކުންފުނި ތަކަށާއި އަދި މާލެ ސަރަހައްދުގައި ތިބި އަންހެން ވެރިންނަށް އެތަނުން ފްލޯރ ސްޕޭސް އަކަމީޓަރަކަށް މަހަކު 1 ރުފިޔާ ކުއްޔަށް ދޫކުރާ ގޮތަށް ކޮންމެ މީހަކަށް 5 ހާސް އަކަމީޓަރުގެ ފްލޯރ ސްޕޭސް ދޭން އެއިރުން ޔަގީނުން ވެސް އެފަދަ މޮޑެލް އަކީ ކާމިޔާބު ވާނެ މޮޑެލް އެކޭ ތިޔާ ރާއްޖެތެރޭގައި ހިންގާ ޕްރޮޖެކްޓްސް ތަކުން ކުރާނެ އެއްވެސް ފައިދާ އެއް ނޯންނާނެއޭ މިހާތަނަށް ކުރި އެއްވެސް ފައިދާ އެއް ނެތޭ...

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910