ދުނިޔެ

ރޮނާލްޑޯ ހުރީ ސިހާސީ ބަންދެއްގައި: އުރުދުޣާން

އާޖެންޓީނާގެ ލިއޮނެލް މެސީ އާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަޅާކިޔޭނެ ދެ ކުޅުންތެރިން ނޫން ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މެސީ އަކީ މިނިވަނެކެވެ. ރޮނާލްޑޯއާ މެދު ދުނިޔެ އަމަލުކުރީ ސިޔާސީ ކުށްވެރިއެއް ގޮތުގަ އެވެ.

ރޮނާލްޑޯ ސިޔާސީ ބަންދަކަށް ފެތުނީ އުރުދުޣާން ވިދާޅުވި ގޮތުގައި ދުނިޔޭގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އަޅާލައި -- އެ މީހުންގެ ހިމާޔަތުގައި ވަކާލާތުކުރާތީ އެވެ.

ރޮނާލްޑޯ އަކީ ފަލަސްތީނަށް ވެސް އެހާ ގާތްކޮށް ހިތާ ކުޅުންތެރިއެއް ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވި އެވެ.

އުރުދުޣާން ވިދާޅުވީ އެމީހުން [އޭނާގެ ޓީމުން] ވަނީ ރޮނާލްޑޯ ހަލާކުކޮށްލާފައި ކަމަށެވެ. އެއީ ސިޔާސީ ގޮތުން ޓީމުގެ މެނޭޖްމަންޓަށް އޮތް ޕްރެޝަރެއްގެ ސަބަބުން މަޖުބޫރުވެގެން ކުރަން ޖެހުނު ކަމެއް ކަމަށްވެސް އުރުދުޣާން ވިދާޅުވި އެވެ.

މެޗެއް ނިމެން 30 މިނެޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ކަހަލަ ހުނަރުން ފުރިފައި ހުރި ފުޓުބޯޅަ ކުޅުންތެރިޔަކު ދަނޑުން ބޭލުމަކީ ނަފުސާނީ ގޮތުން ވެސް މީހާ ހަލާކުވާ ކަހަލަ ކަމެއް ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ވޯލްޑް ކަޕްގެ ކުއާޓަރު ފައިނަލުގައި މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުގައި ޕޯޗުގަލް ބަލިވީ 1-0 ގެ ނަތީޖާއަކުން ނެވެ. ސްވިޒަލޭންޑާ ދެކޮޅަށް ގަދަ 16 ގައި ކުޅުނު މެޗުގައި ރޮނާލްޑޯ އިނީ ބެންޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

ރޮނާލްޑޯ، 37، އަކީ ފަސް ވޯލްޑް ކަޕެއްގައި ގޯލް ޖަހައި ތާރީޚުން ޖާގަ ހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެހެންނަމަވެސް ގަތަރުގައި އޮތް ވޯލްޑް ކަޕްގައި ރޮނާލްޑޯއާ މެދު އޭނާގެ ޓީމުން ވަނީ ވަރަށް އިހާނެތިކޮށް ހިތާފަ އެވެ.

ވޯލްޑް ކަޕުން ކަޓައިގެން ދިއުމުގެ ބޮޑު ހިތާމަ ތަޖުރިބާކޮށް ކޮރިޑޯ ތެރެއިން ޑްރެސިން ރޫމަށް ރޮނާލްޑޯ ހިނގަމުން ދިޔައިރު ކަރުނަތައް ހޯސްލާފައި ފައިބަމުން ދިޔަ މަންޒަރު ކެމެރާތަކުން ވަނީ ރެކޯޑްކޮށްފަ އެވެ.

ރޮނާލްޑޯ އަކީ ފުޓްބޯޅައިގެ ހުނަރުވެރިކަމުގެ އިތުރުން ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް ތާއީދު ކުރުމުގައި ހިތްބަލި ނާޒުކު ކުޅުންތެރިއެކެވެ.

އޭނާއަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތިވެފައި ވަނީ މި ސަބަބާ ހެދި އެވެ.